ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން ސަރުކާރުން އިއުލާނުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު: ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން ސަރުކާރުން އިއުލާނުކޮށްފި -- ފޮޓޯ/ ރައީސް އޮފީސް

ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން، ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އަންނަ މާރިޗު މަހުގެ ނުވައެއް ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.

މިއަހަރުގެ ރޯދަ މަސް ފެށީ މިމަހުގެ 18 ވަނަ ދުވަހެވެ.

comment ކޮމެންޓް