ސަން ބަދިގެ: ޗިލީ ބޯވަ

ޗިލީ ބޯވަ --

މިއަދުގެ ސަން ބަދިގެ ސެގްމެންޓްގައި ގެނެސްދޭނީ ވަރަށް ގިނަ ދިވެހީން ކެއުމަށް ލޯބިކުރާ ބޯވަ، މީރުގޮތަކަށް ތައްޔާރުކޮށްލާނެ ގޮތެވެ.

ބޯވަ އަކީ ވަރަށް ގިނަ ބަޔަކު ގަޔާވާ ތަފާތު އެކި ގޮތްގޮތަށް ތައްޔާރުކުރާ ބާވަތެކެވެ. އެހެންވެ ރަމަޟާން މަހު ވެސް މިއީ ކެއުމުގައި ހިމަނާލެވިދާނެ ބާވަތެކެވެ.

ބޭނުންވާ ތަކެތި:

  • 01 ކިލޯ ބޯވަ ( 2/1 އިންޗިން ކޮށާފައި )
  • 300 ގްރާމް ފިޔާ ( ރިންގް ކަޓް )
  • 100 ގްރާމް ކެޕްސިކަމް ( ދިގުކޮށް ކޮށާފައި)
  • 10 ގްރާމް ޗިލީ ޕޭސްޓް
  • 4/1 ފުޅި ޓޮމާޓޯ ސޯސް
  • 05 ގްރާމް ހަކުރު
  • 10 ގްރާމް ކޯންފްލާ
  • 01 ބިސް
  • 4/1 ފުޅި ޗިލީ ސޯސް
  • 2/1 ފުޅި ފެން ( ޓޮމާޓޯ ސޯސް ހުސްކުރި ފުޅީގެ )
  • 05 ގްރާމް ހިކި މިރުސް ( 1 އިންޗިއަށް ބުރިކޮށްފައި )
  • ރަހަލާވަރުގެ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް:

ކޮށާލާފައި ހުރި ބޯވަ ކޮޅުތެރެއަށް ލޮނު، އަސޭމިރުސް، ކޯންފްލާ އަދި ބިސް އަޅާ އެއްކޮށް ލުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު 15 މިނެޓް ވަންދެން މެރިނޭޓްކުރަން ބެހެއްޓުމަށްފަހު ކުޑަ ތެޔޮފޮދެއްގައި ފްރައިކޮށްލާށެވެ.

ތަވާގެ ތެރެއަށް ތެޔޮފޮދު އެޅުމަށް ފަހު ތެޔޮފޮދު ހޫނުވީމާ މިރުސްކޮޅު ފްރައިކޮށްލުމަށްފަހު ފިޔާކޮޅު ވަޅޯކޮށްލާށެވެ. ފިޔާކޮޅު ވަޅޯވުމުން ކެޕްސިކަމް، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ހަކުރު، ފެންއަޅާފައި ރަހަލާވަރުގެ ލޮނުކޮޅެއް ލުމަށްފަހު ރަނގަޅަށް ކައްކާލާށެވެ.

ކެކެން ފެށުމުން ކުޑަ ކޯންފްލާ ކޮޅެއް ފެން ފޮދެއްގެ ތެރޭގައި ގިރާލުމަށް ފަހު ކައްކަމުންއައި ސޯސްގެ ތެރެއަށް އަޅާ އޮލަކޮށްލާފައި ކުރިން ފްރައިކުރި ބޯވަ ކޮޅު އަޅާ އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ.

ޗިލީ ބޯވަ އަކީ ރޮށްޓާ އެކު ކާލަން ވަރަށް މީރު ބާވަތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު