ސަން ބަދިގެ: ފްރައިޑް ފިޝް ސޭންޑްވިޗް

ފްރައިޑް ފިޝް ސޭންޑްވިޗް--ފޮޓޯ/ފޭސްބުކް

ސަން ބަދިގެ މިއަދުގެ ސެގްމެންޓްގައި މި ގެނެސްދެނީ އާންމުކޮށް އަޅުގަނޑުމެން ތައްޔާރުކުރާ ސޭންޑްވިޗް ތަފާތު ގޮތަކަށް ތައްޔާރުކުރެވިދާނެ ގޮތުގެ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި

250 ގްރާމް މަސް
1 ބޮޑު ބަގެޓް ބަން
1 ލުބޯ
2 ޖޯޑު ފުށް
3 ބިސް
8 ލެޓިއުސް ފަތް
1 ފިޔާ (ވައްފޮޗަށް ކޮށާފައި)
ރަހަލާވަރުގެ ލޮނުކޮޅެއް
1 ސައި ސަމުސާ މިރުސް
2 ޖޯޑު ފާރޮށި ކުނޑި
12 ޓޮމާޓޯ ފޮތި
100 ގްރާމް މަޔޮނައިޒް

ތައްޔާރުކުރާނެގޮތް

އެންމެ ފުރަތަމަ މަސްކޮޅު ރަނގަޅަށް ދޮވެލުމަށް ފަހު ފެންހިއްކާލާފައި ލޮނާއި ލުބޯ ހުތާއި މިރުސް އަޅައި އެއްކޮށްލާފައި، ގާތްގަނޑަކަށް 10 މިނެޓް ވަންދެން ބަހައްޓާލާށެވެ.

މަސްކޮޅު ރަނގަޅަށް މެރިނޭޓްވުމުން އޭގެތެރެއަށް ބިހެއް އަޅާލުމަށްފަހު އެއްކޮށްފައި، ފުށްކޮޅު އޭގެތެރެއަށް އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން ފާރޮށިކުނޑި ޖެހުމަށްފަހު 5 މިނެޓް ވަންދެން ބަހައްޓާލާށެވެ.

ދެން ތަވާ ރީއްޗަށް ހޫނުކޮށްލުމަށް ފަހު ތެޔޮ ފޮދު އަޅާލާފައި، ހޫނުކޮށްލާށެވެ. ތެޔޮފޮދު ހޫނުވުމުން މަސްކޮޅު ތެޔޮފޮދުގެ ތެރެއަށް ލައި، ރަނގަޅަށް ރޯފިލުވާލާށެވެ.

ބަގެޓް ބަން މެދުން ފަޅާލާފައި، ޓޯސްޓް ކުރުމަށް ފަހު، ދެ ފަޅީގައި މަޔޮނައިޒް ހާކާލާށެވެ. އެއަށްފަހު، ލެޓިއުސް، ޓޮމާޓޯ އަދި ފިޔާ ބަނަހުގެ ތެރޭގައި އަތުރާލުމަށް ފަހު، ތެލުލައިފައިވާ މަސްކޮޅު ވެސް ބަންގެ ތެރޭގައި އަތުރާލުމަށްފަހު ބަންގެ އަނެއްފަޅި އަޅާފައި ކުޑަކޮށް ފިތާލާށެވެ.

މިއީ ރޯދަވީއްލާ ވަގުތަށް ވެސް ތައްޔާރުކޮށްލަން ވަރަށް ރަނގަޅު ބާވަތެކެވެ. ހަމައެއާއެކު ކުޑަކުދިންގެ މެދުގައި ވެސް ވަރަށް މަގުބޫލު ވައްތަރެއްގެ ސޭންޑްވިޗަކަށް ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު