ފީފާގެ ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީއަށް ރާއްޖޭގެ ނަސްރާ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީގެ މެންބަރަކަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ޙައްވާ ނަޞްރާ ސައީދު އައްޔަނުކޮށްފިއެވެ.

ހަތަރު އަހަރުގެ ދައުރަކަށް ނަސްރާ އެ ކޮމިޓީއަށް އައްޔަނުކޮށްފައިވާއިރު، އޭނާގެ ދައުރު ހަމަވާނީ 2029 ގައެވެ.

މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރުމާއި ފުޓުބޯޅައިގެ ކޮމިއުނިޓީތަކުގެ އެހީގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހެޔޮ ބަދަލުތައް ގެނައުމުގެ އިތުރުން ތިމާވެށީގެ މުހިއްމު މައްސަލަތަކަށް ވަކާލާތުކުރުން ހިމެނެއެވެ.

އދ. މަހިބަދޫއަށް އުފަން ނަސްރާއަކީ ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެކެވެ. އޭނާ މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިރިޔާ ސްކޫލުގައެވެ.

ނަސްރާ ވަނީ ތައުލީމީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު