ރޮނާލްޑޯގެ ދެ ލަނޑާއެކު އަލް ނަސްރު ތާވަލުގެ އެއްވަނައަށް

ސައުދީ ޕްރޯ ލީގުގައި އަލް ހާޒިމްގެ މައްޗަށް ހޯދި ބޮޑު މޮޅާއެކު އަލް ނަސްރު ތާވަލުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.

އަލް ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަލް ނަސްރުގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިފައެވެ.

މި މޮޅާއެކު އަލް ނަސްރު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 55 ޕޮއިންޓާއެކުއެވެ. އެޓީމާ ޖެހިގެން ތާވަލުގެ ދެވަނައިގައި އަލް ހިލާލް އޮތީ 54 ޕޮއިންޓާއެކުއެވެ.

މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑު ފެނިގެންދިޔައެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ކުޅެފައެވެ.

މެޗުގައި އަލް ނަސްރުން ލީޑުނެގި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ކިންގްސްލީ ކޫމަން ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކޫމަން ކާމިޔާބުކުރީ ޔާއޮ ފެލިކްސް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި އަލް ނަސްރުގެ ތިންވަނަ ލަނޑު އެންޖެލޯ ގެބްރިއަލް ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ލަނޑުތަކުގެ އަދަދު ވަނީ 964 އަށް އަރާފައެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 19 ވަނަ ލަނޑެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު