ދެކުނު އޭޝިއާ ފުޓުބޯޅަ ޖަމުއިއްޔާގެ ބޮޑު ދެ ކޮމިޓީއަކަށް އައްޑޯއާއި ސިމަން

ސާފުގެ ޑިސިޕްލިނަރީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމަށާއި، އިލެކްޓޯރަލް ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ ކުރީގެ އެންސީ މެންބަރު އިސްމާއިލް ސިމަން އަދި ސާފްގެ އެޕީލް ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ ސީނިޔަރ މެޗްކޮމިޝަނަރ އަބްދުލްހަމީދު އަބްދުލްޤަފޫރު އައްޔަންކޮއްފައިވާތީ ދެ ބޭފުޅުންނަށްވެސް މަރުހަބާ ދަންނަވަން.

ދެކުނު އޭޝިގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ކަމަށްވާ ސާފްގެ ބޮޑު ދެ ކޮމިޓީއަކަށް ރާއްޖޭގެ އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ) އާއި އިސްމާއީލް ސިމަން އައްޔަނުކޮށްފިއެވެ.

އެފްއޭއެމުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރުމަށްފަހު މިހާރު ތަޖުރިބާކާރު މެޗު ކޮމިޝަނަރެއްގެ ގޮތުގައި ފާހަގަވާ އައްޑޯ އައްޔަނުކޮށްފައިވަނީ އެޕީލް ކޮމިޓީގެ މެމްބަރަކަށެވެ. މުޅި އޭޝިއާ ބައްރުގައިވެސް އައްޑޯއަކީ ކާމިޔާބު މެޗު ކޮމިޝަނަރެެކެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ސިމަން އައްޔަނުކޮށްފައިވަނީ ސާފުގެ ޑިސިޕްލިނަރީ ކޮމިޓީގެ ވައިސް ޗެއާމަނަކަށެވެ.

މީގެކުރިންވެސް ސިމަން ވަނީ އެފްއޭއެމުގެ ބޮޑެތި މަސައްކަަތްތަކެއްގައި ހަރަކާތްތެރިވެފައެވެ. އެގޮތުން އެފްއޭއެމުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ސަސްޕެންޑްކޮށް، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަންފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގައިވެސް އޭނާ މީގެކުރިން ހިމެނުނެވެ.

މިކަން އިއުލާނުކޮށް، އެފްއޭއެމުގެ ރައީސް އަހުމްދު ތާރިގް (ޓޮމް) ވަނީ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު