ސަތާރަ ވަރަކަށް އަހަރުފަހުން ޝާކާއާއި ޝިޔަޅޭ ކްރިކެޓު ދަނޑަށް

މިހާރު ކުރިއަށްދާ ރަމަޟާން ކްރިކެޓު ކާނިވަލުގައި ވާދަކުރާ ޓީއެފްޓީގެ ކުޅުންތެރިންނާއެކު އޭރު މުހްޔިއްދީން ސްކޫލުގެ ކެޕްޓަންކަން ކުރި ޝިރުހާން--

ފުޓްސަލްގައި އަލީ ޝިޔާހު (ޝިޔަޅޭ) އާއި ޢަބްދުﷲ ޝައްފާން (ޝާކާ) އަކީ މުޅި ރާއްޖެ ފަހުރުވެރިވާނެ ކުޅުންތެރިންނެވެ. ފުޓްސަލްގެ ހަޔާތް ފެށުމުގެ ކުރިން މި ކުޅުންތެރިންނަކީ ކްރިކެޓުގެ ވަރުގަދަ ޖީލެއްގެ ފެށުމުގެ ތެރޭގައި ހިމެނުނު ކުޅުންތެރިންނެވެ. މިދައްކަނީ މީގެ 20 ވަރަކަށް އަހަރުކުރީގެ ވާހަކައެކެވެ.

ވިލިމާލޭގެ މުޙްޔިއްދީން ސްކޫލަކީ އޭރު ރާއްޖޭގެ ކްރިކެޓަށް އެންމެ ގިނަ ކުޅުންތެރިން ނެރެދިން އެއް ސްކޫލެވެ. ހާއްސަކޮށް އިންޓަހައުސް މުބާރާތް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ ކްރިކެޓު ގައުމީ ކޯޗުންނާއި ޓެކްނިކަލް އޮފިޝަލުންގެ ސަމާލުކަން ހުއްޓުނު އެއް މުބާރާތަކަށް މުހްޔިއްދީން ސްކޫލުގެ އިންޓަހައުސް މުބާރާތްވީ ސަބަބެއް ނެތިއެއް ނޫނެވެ. ވަރުގަދަ ވައިޑީޕީ ޕޫލެއް އުފެއްދުމަށް ކްރިކެޓު ބޯޑުން އެންމެ ބޮޑު ޕްލޭނުތައް އެކުލަވާލީވެސް މި ސަބަބުތަކާހުރެ އެވެ.

ކޯޗު އާމިރު އާއެކު ވިލިމާލޭ މުހްޔިއްދީން ސްކޫލުގެ 2016 ވަނަ އަހަރުގެ ކްރިކެޓް ޓީމު--

ނަމަވެސް ވިލިމާލެއަށް ނިސްބަތްވާ އެ ޖީލުގެ ގިނަ ކުޅުންތެރިން ކްރިކެޓުގައި ހަރުނުލިއެވެ. ހަރުލި މަދު ކުޅުންތެރިންގެ ތެރޭގައި ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު (އާދަޅޭ) ހިމެނެއެވެ. މިހާރު އާދަޅޭއަކީ ރާއްޖޭގެ ކްރިކެޓުގެ ވަރުގަދަ އެކަކެވެ. އަދި ޓީއެފްޓީގެ ފުރަތަމަ ކްރިކެޓު ޓީމުންވެސް އޭނާ ފެނިގެންދެއެވެ.

ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގައި އޭރު ބޭއްވި އިންޓަ ހައުސް ކްރިކެޓް މުބާރާތުގެ ތެރެއިން--

އޭރުގެ ހަނދާންތަކާއެކު ވިލިމާލެއަށް ނިސްބަތްވާ ޓީއެފްޓީން ފުރަތަމަ ފަހަރަށް ކްރިކެޓް ޓީމެއް އެކުލަވާލީ މި ރަމަޟާންމަހު ކުރިއަށްގެންދާ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތަށެވެ. މި ޓީމުގައި ޝާކާއާއި ޝިޔަޅޭގެ އިތުރުން މިހާރު ފުޓްސަލްގައި ވިދަމުން އަންނަ އިޔާން އަޙްމަދު ރަޝީދާއި އޭރު ވިލިމާލޭ ކްރިކެޓުގައި ވިދާލި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުޙައްމަދު އަނަސް އަބްދުލް ޖަލީލް އާއި ހުސެއިން އާފާގް ފަދަ ކުޅުންތެރިން މި ސްކޮޑުގައި ހިމެނުނެވެ.

މިއަހަރު ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގައި ކުޅޭ ޓީއެފްޓީ ޓީމުގެ ޝާކާ، އިޔާން، ޝިޔަޅޭ--

މި މަންޒަރާއެކު އެންމެ ބޮޑު އުފަލެއް ލިބުނު އެކަކަކީ މުހްޔިއްދީން ސްކޫލުގައި ކްރިކެޓު ކުޅުންތެރިން އުފެއްދުމުގައި އެންމެ އިސް ރޯލެއް އަދާކޮށްދިން ޓީޗަރު އަދި ކްރިކެޓު ކޯޗު އާމިރު އަލީއެވެ. ސޯޝަލް މީޑިއާގައި ކޯޗު ވަނީ ގިނަ އަހަރުތަކަކަށްފަހު އެ ހުރިހާ ކުޅުންތެރިން ކްރިކެޓުގެ މައިދާނުން ފެނުމުން އުފާވެރިކަން ފާޅުކޮށްފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޓީއެފްޓީއާ ދެކޮޅަށް ކުޅުނު ޕޮލިސް ޓީމުގައި ވިލިމާލޭ މުހްޔިއްދީން ސްކޫލުގެ އޭރުގެ ކެޕްޓަން ޝިރުހާން އަޙްމަދު (ޝިރޭ) ވެސް ފެނިގެންދިޔައެވެ.

ވިލިމާލެ ޓީއެފްޓީން އެކުލަވާލި ފުރަތަމަ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާއެކު ޓީއެފްޓީގެ މެމްބަރުން--

ފުރަތަމަ މެޗުން ޓީއެފްޓީ މޮޅުވީ ޕޮޮލިސް ކުލަބާ ވާދަކޮށް 65 ރަން ގައެވެ. މެޗުގެ ޓޮސް ދިމާވެގެން ޓީއެފްޓީން ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 150 ލަނޑު ހެދިއެވެ.

އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 35 ލަނޑު ހެދި އާދަޅޭއާއި 13 ބޯޅައިން 32 ލަނޑު ހެދި ޝާކާއެވެ. ޕޮލިހުން ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 85 ލަނޑެވެ.

ޝިޔަޅޭ ވަނީ ދާދިފަހުން ބޭއްވި ސަރަހައްދީ ފުރަތަމަ ފުޓްސަަލް މުބާރާތުގައި ރާއްޖެއަށް ރަންމެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ކްރިކެޓުގެ ތެރެއިން އޭރުގެ ފޮނި ހަނދާންތައް އައުކުރިއިރު، މިއީ ފެށުމެއްގެ ގޮތުގައި ޓީއެފްޓީން ދެކެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު