ފުރަތަމަ ފަހަރަށް ޖަލުގައި މި ރޯދައިގައި ތަރާވީޙްކުރާނެ، ދީނީ ސެޝަންތައް ވެސް

ޖަލުތަކުގެ މިސްކިތްތަކުގައި އިމާމުވާ ހާފިޒުންނާއި ކޮމިޝަނަރު ޒަރީރު (މ)، އަދި ކަރެކްޝަންސްގެ އިސް އޮފިސަރުންތައް ފޮޓޮއަކަށް ހުއްޓި --- ފޮޓޯ: ކަރެކްޝަންސް

ޖަލުތަކުގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ތަރާވީޙް ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޖަލުތައް ބަލަހައްޓާ ކަރެކްޝަންސްއިން އިއްޔެ ބުނީ، ކަރެކްޝަންސްގެ ހުރިހާ ޖަލެއްގެ މިސްކިތްތަކުގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ތަރާވީޙް ނަމާދުކުރުމަށާއި، ގައިދީންނާއި ބަންދު މީހުންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދަން ހާފިޒުން ހަމަޖައްސާފައިވާ ކަމަށެވެ.

މީސްމީޑިއާގައި ކަރެކްޝަންސްއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތިން ހާފިޒަކު ވަނީ ޖަލުތަކުގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދުކޮށް، ގައިދީންނަށް ދީނީ ސެޝަންތައް ކުރިއަށް ގެންދަން ހަމަޖައްސައިފައެވެ.

ކަރެކްޝަންސްއިން ޖުމުލަ ތިން ޖަލެއް މިހާރު ބަލަހައްޓައެވެ. އެއީ ހުޅުމާލޭ ޖަލާއި ކ. މާފުށީގައި ހުންނަ ޖަލާއި އެ އަތޮޅު ހިންމަފުށީގައި ހުންނަ އައްސޭރި ޖަލެވެ.

މި ފެށުނު ރަމަޟާން މަހާ ދިމާކޮށް، ކަރެކްޝަންސްއިން ވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މާފުށީ ޖަލާއި އައްސޭރި ޖަލުގެ އޮފިސަރުންނަށް ދީނީ ނަސޭހަތް ދިނުމުގެ ސެޝަންތަކެއް ބާއްވައިފައެވެ.

comment ކޮމެންޓް