'ހަބޭސް ގުރޫޕުން' މި އަހަރުވެސް ކަދުރު ބެހުމާއި ރޯދަ ފޮޓޯ ނެގުން ކުރިއަށްގެންދާނެ

ހަބޭސް ބޮޑުބެރު ގުރޫޕުން ކުރިއަށްގެންދާ ރޯދަމަހު ކަދުރު ބެހުމާއި, ހަބޭސް ރޯދަ ފޮޓޯ ނެގުން --- ފޮޓޯ: ހަބޭސް ބޮޑުބެރު

ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް, "ހަބޭސް ބޮޑުބެރު" ގުރޫޕުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ރޯދަމަހު ކަދުރު ބެހުމާއި, ހަބޭސް ރޯދަ ފޮޓޯ ނެގުން މި އަހަރުވެސް ކުރިއަށްގެންދާނެކަން އެ ގްރޫޕުން ބުނެފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ހަބޭސް ގުރޫޕުން މި ހަރަކާތް ކުރިއަށްގެންދާތާ ހަތްވަނަ އަހަރެވެ.

ހަބޭސް ގުރޫޕުން ބުނީ ރޯދަ ވީއްލާ ވަގުތާއި ދިމާކޮށް ހަބޭސް ގްރޫޕްގެ ޓީމްތަކުން ކަދުރު ބެހުން މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ވެސް ހަބޭސް ސްޓޫޑިއޯ (މަޖީދީ މަގު/މާވެޔޮ މަގު ލައިޓް ކައިރި) ކުރިމަތީގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ފެނާއި ކަދުރުގެ އިތުރުން ހެދިކާ އާއި އެކި ބާވަތުގެ ޖޫސް ވެސް ލިބޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން އެ ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.

ހަބޭސް ބޮޑުބެރު ގުރޫޕުން ކުރިއަށްގެންދާ ރޯދަމަހު ކަދުރު ބެހުމާއި, ހަބޭސް ރޯދަ ފޮޓޯ ނެގުން --- ފޮޓޯ: ހަބޭސް ބޮޑުބެރު

އެ ގުރޫޕުން ބުނީ މީގެ 14 އަހަރު ކުރިން ފަށައިގެން ހަބޭސް އިން "ރޯދަ ފަން ފޮޓޯ"ގެ ނަމުގައި ވެސް ހަރަކާތެއް ކުރިއަށްގެންދާ ކަމަށެވެ.

އެގޮތުން ރޯދަ މަހުގެ ކޮންމެ ދުވަހަކު ހަވީރު ހަބޭސްގެ މެންބަރުން ދުއްވާލަން ނިކުމެ، މާލެއާއި ހުޅުމާލޭގެ ރީތި ތަންތަނުގައި ފޮޓޯ ނަގައި މީސްމީޑިއާއަށް ލަމުންދާކަމަށާއި ކޮންމެ ފޮޓޯއަކާ އެކު ހަބޭސް ބޮޑު ބެރު ގުރޫޕުގެ ސްޕޯންސަރެއްގެ ލޯގޯ ވެސް ފެނިގެންދާނެ ކަމަށެވެ.

ރޯދަ ފަން ފޮޓޯ ގިނަ ގްރޫޕްތަކުން އެކަން ކޮޕީކޮށް މިހާރު ވެސް ލާކަން ފާހަގަކޮށްލަން، އެކަމާ ހަބޭސް އިން އުފާކުރަން. އަލީ ޝިފާއު (ހަބޭސް އައްޔަ)

ހަބޭސް ބޮޑުބެރު ގުރޫޕުން ކުރިއަށްގެންދާ ރޯދަމަހު ކަދުރު ބެހުމާއި, ހަބޭސް ރޯދަ ފޮޓޯ ނެގުން --- ފޮޓޯ: ހަބޭސް ބޮޑުބެރު

ހަބޭސް ބޮޑުބެރު ގްރޫޕަކީ ދިވެހިންގެ ތެރޭގައި ނަން ހިނގާ އަދި ބޮޑު ފޭން ބޭސްއެއް އޮންނަ ގުރޫޕެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި އެ ގުރޫޕުން ދައްކަމުންދާ ބެރުގެ ހަރަކާތްތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.

ދެހާސްއެގާރަ ވަނަ އަހަރުގެ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު ހަތް މެމްބަރުންނާ އެކުގައި ފެށި އެ ބޮޑުބެރު ގްރޫޕްގައި މިހާރު 27 މެމްބަރުން އެބަތިއްބެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ، ބޮޑުބެރުގެ މިއުޒިކު ބޮޑު ވިޔަފާރިއަކަށް ބަދަލުކޮށް އެހެން ހުރިހާ ގްރޫޕްތަކަށް ނަމޫނާ ދައްކަމުން އަންނަ ގުރޫޕެކެވެ. އެއީ ބޮޑުބެރުގައި މިހާރު އެންމެ ވަރުގަދަ އެއް ބްރޭންޑުކަންވެސް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް