ދަރުހަކަށް މާލެ ވަޑައިގެންނެވި ޝައިޚް އިބްރާހިމްގެ ހާލު ގޯސްވެ، ފަރުވާ ދެނީ

ދަރުސްދޭން ވަޑައިގެންނެވި ޝައިހު އިބްރާހިމްގެ ހާލު ގޯސްވެ ޓްރީ ޓޮޕްގައި ފަރުވަދެނީ --- ފޮޓޯ: އެހީ ޖަމިއްޔާ

ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ޝައިޙް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ހާލު ގޯސްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ޝައިޚަށް އެހީ ފޯރުކޮށްދެމުންދާ ''އެހީ'' ޖަމިއްޔާއިން ބުނީ ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު ހުންގަދަވެ، ހާލު ދެރަވުމުގެ ސަބަބުން އިތުރަށް ފަރުވާ ހޯދުމަށް މިއަދު ޝައިޚް އެޑްމިޓް ކޮށްފައި ވާކަމަށެވެ.

އެ ޖަމިއްޔާއިން ވަނީ، ޝައިޚްގެ ބައެއް ސީރިއަަސް ކަންކަން ހިމެނޭތީ، ބައެއް ޓެސްޓުތައް ކުރިއަށްގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަން ހާމަކޮށްފައެވެ. އެ ޖަމިއްޔާއިން ވަނީ އެންމެންގެ ވެސް ހެޔޮ ދުޢާއަށް އެދިފައެވެ.

ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާޙުގެ އިސްލާމް މުދައްރިސެއްގެ ވަޒީފާ އަދާކުރައްވަމުން، ޝައިޚް ވަނީ ދީނީ އެކި މައުޟޫތަކަށް ފޮތް ލިޔުއްވައި، ދަރުސްތައް ދެއްވައި، ދީނީ އެކި ކަންކަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ މަސައްކަތް ކުރައްވައިފައެވެ.

ފާހަގަކުރެވޭ ޝައިޚްގެ ލޮލުގެ ފެނުމަށް މައްސަލަ ދިމާވެ، 2019ވަނަ އަހަރާއި 2021ވަނަ އަހަރު ލޮލުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. 2023ވަނަ އަހަރު ޝައިޚްގެ ހާލު ގޯސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދިނެވެ. އަދި އޭގެ ފަހުން ޝައިޚްގެ ސިކުނޑީގައި ޓިޔުމަރެއް ހުރިކަން އެނގި އެ ޓިޔުމަރު ނެގުމަށް އޮޕަރޭޝަން ކުރަންޖެހޭތީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށް އެ އޮޕަރޭޝަން ވެސް ކުރިއެވެ.

https://sun.mv/215372

އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، ލޮލުގެ ފެނުން ގެއްލި، ދިމާވި ސިއްހީ މައްސަލަތަކާހުރެ، 17 އަހަރެއްހައި ދުވަހު ޝައިޚް އަދާކުރެއްވި ވަޒީފާ ގެއްލުނެވެ.

އެހީ ޖަމިއްޔާއިން މިދިޔަ މަހު ވަނީ، ޝައިޚްގެ ލޮލުގެ އޮޕަރޭޝަންކޮށް، ސިއްހީ ޓެސްޓުތަކެއް ހެދުމަށް ހަތަރު ލައްކައެއްހާ ރުފިޔާ ބޭނުންވާކަން އިއުލާންކޮށްފައެެވެ. އެއާއެކު، 24 ގަޑިއިރުތެރޭ އެހީގެ ގޮތުގައި ވަނީ 407،949 ރުފިޔާ ލިބިފައެވެ. އެއީ 26،455.83 ޑޮލަރެވެ. އެ އެހީގައި ޝައިޚް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތެވެ.

comment ކޮމެންޓް