އިތުރު މޮޅަކާއެކު ސިޓީން އާސެނަލުގެ ފަހަތުގައި ވިއްދާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން ހޯދި މޮޅާއެކު މެންޗެސްޓަރ ސިޓީން ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ތިން ޕޮއިންޓަށް ގާތްކޮށްފިއެވެ.

މި މޮޅާއެކު ސިޓީ އޮތީ އެއް މެޗު އިތުރަށް ކުޅެގެން ޖުމްލަ 53 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އާސެނަލް އޮތީ 25 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. މެޗުން ބަލިވި ފުލަމް އޮތީ ތާވަލުގެ 12 ވަނައިގައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީން ތިން ލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 24 ވަނަ މިނެޓުގައެވެ. މިއީ އެންޓޮއިން ސެމެންޔޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ ސިޓީއާ ގުޅުނުފަހުން މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ކުޅުނު އަށްވަނަ މެޗެވެ.

މި ލަނޑު ޖެހިތާ ހަ މިނިޓު ފަހުން ނިކޯ އޮރެއިލޭ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ސިޓީގެ ތިންވަނަ ލަނޑަކީ މެޗުގެ 39 ވަނަ މިނިޓުގައި އާލިން ހާލަންޑް ޖެހި ލަނޑެކެވެ.

އެންމެ ފަހުން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އެ ޓީމު ކުޅުނު 20 މެޗުންވެސް ވަނީ ފުލަމް ވަނީ ބަލިވެފައެވެ. އެޓީމު މިވަގުތު އޮތީ ދަށް ހާލަތެއްގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު