"ބުރަޕާ ބައިކް ވީކް2025" ގައި ޕާފޯމްކުރަން ހަބޭސް ގުރޫޕް ތައިލެންޑަށް

"ބުރަޕާ ބައިކް ވީކް 2026" ގައި ޕާފޯމް ކުރުމަށް ހަބޭސް ބޮޑުބެރު ގުރޫޕު ތައިލެންޑަށް ފުރައިފި--- ފޮޓޯ: ހަބޭސް

ތައިލެންޑްގެ ޕަޓާޔާގައި ބާއްވާ "ބުރަޕާ ބައިކް ވީކް2025" ގައި ޕާފޯމް ކުުރުމަށް ރާއްޖޭގެ މަޝްހޫރު އަދި ފޭން ބޭސް ބޮޑު "ހަބޭސް ބޮޑުބެރު" ގްރޫޕުން ފުރައިފިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ ބައިކާސް ބޮޑު އިވެންޓަށް މިދިޔަ ދެ އަހަރުވެސް ހަބޭސް ޓީމުން ވަނީ ގޮސްފައެވެ. މިއީ މި އިވެންޓް ކުރިއަށްގެންދާތާ 29 ވަނަ އަހަރެވެ.

"ބުރަޕާ ބައިކް ވީކް2025"އަކީ އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ބައިކާސް އިވެންޓެވެ. އޭޝިއާ ގައުމުތަކުގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކާއި، އިނގިރޭސިވިލާތުގެ މަޝްހޫރު ބައިކާސް ކްލަބްތަކާއި ބޮޑެތި ސައިކަލުތައް ދުއްވާ ފަރާތްތަކުން މި އިވެންޓްގައި ބައިވެރިވާން އާދެއެވެ.

އޭޝިއާ ގައުމުތަކުގެ ތެރެއިން މި އިވެންޓްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރް، ވިއެޓްނާމް، ކެމްބޯޑީއާ އަދި ލައޯސް ފަދަ ގައުމުތައް ހިމެނެއެވެ. ބުރަޕާ މޮޓޯސައިކަލު ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ މި އިވެންޓް ފެށޭނީ އަންނަ ބުރާސްފަތި ދުވަހުގައެވެ.

ހަބޭސް ބޮޑުބެރު ގުރޫޕުން މި އިވެންޓްގައި ބައިވެރިވަނީ މޯލްޑިވްސް ކަސްޓަމް ޗޮޕާސް އިން ދިން ފުރުސަތެއްގައެވެ. އެގޮތުން އެ އިވެންޓުގެ މެއިން ސްޓޭޖްގައި ހަބޭސްގެ ލައިވް ބޮޑުބެރުގެ ހުށަހެޅުންތަކާއި ދިވެހި ސަގާފީ އިތުރު ހަރަކާތްތައްވެސް ފެނިގެންދާނެ ކަމަށް ހަބޭސް ގުރޫޕުން ބުނެއެވެ.

ދެހާސް ތޭރަ ވަަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަސްޓަމްސް ޗޮޕާސް އިން އަންނަނީ މި އިވެންޓްގައި ބައިވެރިވަމުންނެވެ.

ހަބޭސް ބޮޑުބެރު ގްރޫޕަކީ ދިވެހިންގެ ތެރޭގައި ނަން ހިނގާ އަދި ފޭން ބޭސް ބޮޑު ބޮޑުބެރު ގްރޫޕެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިންގެ ނަން ފަވާލާފައިވާ ހަބޭސް ބޮޑުބެރު ގްރޫޕް ދިވެހިންގެ ތެރެއަށް ތައާރަފްވެގެން ދިޔައީ 2011 ވަނަ އަހަރުގެ އޮގަސްޓު ހަތްވަނަ ދުވަހުގައެވެ.

ޖުމްލަ ހަތް މެމްބަރުންނާ އެކުގައި ފެށި ބޮޑުބެރު ގްރޫޕްގައި މިހާރު 30 މެމްބަރުން އެބަތިއްބެވެ.

comment ކޮމެންޓް