ޖަޕާނު ބަލިކޮށް އޭޝިއާ ކަޕުން ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމަށް ލޯ މެޑަލް

މެންސް އޭޝިއާ ކަޕް 2026 އިން ބްރޮންޒް މެޑަލް ހޯދި ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމު--

ހޮންކޮންގައި މިހާރު ކުރިއަށްދާ މެންސް އޭޝިއާ ކަޕް 2026 ގައި ޖަޕާނު ބަލިކޮށް ރާއްޖޭގެ ފިރިހެން ނެޓްބޯޅަ ޓީމު ބްރޮންޒް މެޑަލް ހޯދައިފިއެވެ.

ޖުމްލަ ހަތަރު ގައުމާއެކު ރައުންޑް ރޮބިން އުސޫލަށް ކުރިއަަށްދިޔަ މުބާރާތުގައި ރާއްޖެއިން ވަނީ ނެޓްބޯޅައިގެ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅެފައެވެ.

ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވީ 62-11 ޕޮއިންޓުންނެވެ. ދެވަނަ މެޗުން ބަލިވީ މުބާރާތް ބާއްވާ ހޮންކޮން އަތުންނެވެ. އެ މެޗުން ބަލިވީ 74-16 އިންނެވެ. ރާއްޖެއަަށް ބްރޮންޒް މެޑަލް ކަށަވަރުވީ 24-18 އިން ޖަޕާން ބަލިކޮށްގެންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ރާއްޖޭގެ ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުން ދިޔައީ ފަރިތަކުރުންތައް ކުރިއަށެވެ. ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ތަޖުރިބާކާރު ނެޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އީމާ ޢަބްދުއްސައްތާރެވެ.

މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ފިރިހެން ގައުމީ ނެޓްބޯޅަ ޓީމެވެ. އަދި ފިރިހެން ނެޓްބޯޅައިގައި ރާއްޖޭގެ ފުރަތަމަ ކާމިޔާބީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު