މިދިޔަަ އަހަރުގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިއަކަށް ރިޒާން

ކްރިކެޓުގެ 2025 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒާން-- ފޮޓޯ: ކްރިކެޓް ބޯޑު

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ހޮވި 2025 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓު ކުޅުންތެރިއަކަށް އިބްރާހީމް ރިޒާން ހޮވިއްޖެއެވެ.

ސީބީއެމްގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމް އަދާކުރައްވަމުން އަންނަ ރިޒާން މި ޝަރަފު ހޯދާފައިވަނީ ޖުމްލަ 1895 ޕޮއިންޓާއެކު އެވެ.

މި އެވޯޑު އޭނާއާ ހަވާލުކޮށްދެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ފައިސަލެވެ. ކްރިކެޓު ގައުމީ ޓީމުގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ރިޒާންއަކީ ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމުގައި ނަމޫނާ އެތުލީޓެކެވެ. އޭނާ ދަނީ މިހާރުވެސް އެސޯސިއޭޝަނުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސީބީއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ އޭނާ ހަވާލުވީ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭނާއަށް ކުލަބު ފެންވަރުގެ މުބާރާތްތަކުގައި ނުފެނުނު ނަމަވެސް ކުދި މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ.

ކްރިކެޓުގެ 2025 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޒާން-- ފޮޓޯ: ކްރިކެޓް ބޯޑު

މީގެއިތުރުން ރިޒާން ވަނީ އުމުރުން 17 އަހަރުގައި އަމްޕަޔަރުކަން ކުރަން ފެށި ފަހުން އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މެލޭޝިއާގައި ކުރިއަށްގެންދިޔަ އަމްޕަޔަރު ޓިއުޓާ ކޯހުގެ ލެވެލް އެކެއް ފުރިހަމަކޮށްފައެވެ. އެއާއެކު އޭނާއަށް ވަނީ އަމްޕަޔަރުކަން ރާއްޖޭގައި ކިޔަވައިދިނުމުގެ ހުއްދަވެސް ލިބިފައެވެ.

ކްރިކެޓް ކުޅުންތެރިންގެ މަސައްކަތާ، ކްރިކެޓަށް އެކި ގޮތް ގޮތުން އެހީތެރިވާ ފަރާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ ކްރިކެޓް އީވްނިން ޝަރަފްވެރިކޮށްދެއްވީ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރައްޒާގެވެ.

މި ހަފުލާގައި ފާއިތުވި އަހަރު ކްރިކެޓްގެ ރޮގުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް އިނާމު ދިނުމުގެ އިތުރުން، ކްރިކެޓަށް އެހީތެރިކަން ފޯރުކޮށްދެއްވާ ފަރާތްތަކަށް ދޭ ސާރވިސް އެވޯޑާއި، ޕްރެސިޑެންޓްސް އެވޯޑު ވަނީ ދީފައެވެ. އަދި ކްރިކެޓުގެ ހަރަކާތްތައް ސްޕޮންސާކުރާ ފަރާތްތަކަށް ޕާޓްނަރޝިޕް ފިލާ ވަނީ ހަވާލުކޮށްފައެވެ.

ސީބީއެމްގެ ހަރަކާތްތަކުގައި، ކުޅުމުގެ ތެރޭންނާއި، އިވެންޓްތައް ރޭވުމާއި، ކުޅުންތެރިން އުފެއްދުމާއި، މި ނޫންވެސް ދާއިރާތަކުން އެހީތެރިވާ ފަރާތްތަކަށް ސީބީއެމް ޕްރެސިޑެންޓްސް އެވޯޑްގެ ނަމުގައި އަރުވާ ޙާއްސަ ޝަރަފް މި އަހަރު އެރުވުނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހަރަކާތްތައް ލ. ކުނަހަންދޫގައި ހިންގުމުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ލ. ކުނަހަންދޫ ރައްޔިތުންނަށެވެ.

ކްރިކެޓް ގެ އެންމެ މަތީ ހަރުފަތުގައި ކާމިޔާބު ހޯދާ ފަރާތްތަކަށް ދެވޭ މޯލްޑިވްސް ކްރިކެޓް އެވޯޑްސް ހަތަރު ކުޅުންތެރިއަކަށާއި ކްލަބަކަށް ދީފައިވެއެވެ. މި އިނާމްތަށް ދިނުމުގައި ބަލާފައިވަނި ކުޅުންތެރިން ރާއްޖޭގައި ކުޅެފައިވާ 10 އޯވަރުން މަތީ ގެ ރަސްމީ ހާޑްބޯލް މުބާރާތްތަކާއި، ބައިނަލް އަޤްވާމީ މެޗްތަކުގެ ނަތީޖާތަކަށް ބެލުމަށް ފަހު އެންމެ މަތިން މާކްސް ހޯދާ ކުޅުންތެރިންނަށާއި، ރާއްޖޭގައި ކުޅެވޭ ރަސްމީ މުބާރާތްތަކުން އެންމެ ކާމިޔާބު ކްލަބަކަށެވެ.

މޯލްޑިވްސް ކްރިކެޓް އެވޯޑްސް

2025 ވަނަ އަހަރުގެ އެންމެ މޮޅު ބޭރުގެ ކުޅުންތެރިޔާ ތާރަކަ ރުވާން
2025 ވަނަ އަހަރުގެ އެންމެ މޮޅު ބޯލަރ އިބްރާހިމް ރިޒާން
2025 ވަނަ އަހަރުގެ އެންމެ މޮޅު ބެޓަރ މުޙައްމަދު ރިޝްވާން
ކްލަބް އޮފް ދަ އިޔާ 2025 ސީ.ބީ.އެލް ސްޕޯޓްސް
2025 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓަރ އިބްރާހިމް ރިޒާން

މޯލްޑިވްސް ކްރިކެޓް އެވޯޑު ލިބުނު ކުޅުންތެރިން-- ފޮޓޯ: ކްރިކެޓް ބޯޑު

އޭގެފަހުން 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށްފަހު ވަނީ އިނާމު ދީފައެވެ.

ސާދަ އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ޔޫސުފް އިޒާން ޖިނާހް – ތާޖުއްދީން ސްކޫލް
  • ދޭވަ ރޮޖަރ ސްވިކް – ތާޖުއްދީން ސްކޫލް
  • މުޙަންމަދު އަކީލް ޔާމީން – މުހްޔިއްދީން ސްކޫލް
  • އަޒީން ބިން ހުސައިން – ތާޖުއްދީން ސްކޫލް
  • ޝައްޔާން އަބްދުލް ޤަފޫރު – ރެހެންދި ސްކޫލް

ޔޫތު ކެޓަގަރީގެ އެވޯޑު ލިބުނު ކުޅުންތެރިން-- ފޮޓޯ: ކްރިކެޓް ބޯޑު

ސޯޅަ އަހަރުން ދަށުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • އިބްރާހިމް އަބާން އަޒްލީފް – ރެހެންދި ސްކޫލް
  • ޝައްޔާން އަބްދުލް ޤަފޫރު – ރެހެންދި ސްކޫލް
  • އަޙުމަދު އަރުޝް – ތާޖުއްދީން ސްކޫލް
  • ޖޯހަން ސޫރަޖް ލާލަ – ރެހެންދި ސްކޫލް
  • ޔޫސުފް ނިހާލް އަހްމަދު – މުހްޔިއްދީން ސްކޫލް

ޔޫތު ކެޓަގަރީގެ އެވޯޑު ލިބުނު ކުޅުންތެރިން-- ފޮޓޯ: ކްރިކެޓް ބޯޑު

ޒުވާން ކުޅުންތެރިންނަށް ދޭ އެވޯޑްތައް ލިބުނު ފަރާތްތަކަކީ

  • ހަމްދު ހުސައިން އަލީ- އަތޮޅު ކްރިކެޓް އެންމެ މޮޅު ފިރިހެން ކުޅުންތެރިއާ
  • ހަފްސާ އަބްދުﷲ- އަތޮޅު ކްރިކެޓް އެންމެ މޮޅު އަންހެން ކުޅުންތެރިޔާ
  • މަބްސަރ އަބްދުﷲ- އިމާޖިންގ ޕްލޭޔަރ އޮފް 2025
  • މިއުވާން ޝިފާއު- މޯސްޓް ޕްރޮމިސިން ޕްލެޔާ
  • ހައްވާ ޝާއިޤާ- މޯސްޓް ޕްރޮމިސިންގ ޕްލެޔާ

އެންމެ މޮޅު އަންހެން އަދި ފިރިހެން އެތުލީޓުން-- ފޮޓޯ: ކްރިކެޓް ބޯޑު

ރޭގެ ހަފްލާގައި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ޓީމްތައް ހޯދާ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެވޭ ޚާއްސަ އެވޯޑުވެސް ދީފައިވެއެވެ.

އެގޮތުން 2025 ވަނައަހަރު ތައިލެންޑްގައި ބޭއްވި ހުވާހިން ސިކްސަސް މުބާރާތުގެ ވެޓަރަންސް ކެޓަގަރީން ޗެމްޕިއަންކަން ހޯދި ދިވެހި ޓީމަށާއި، މުބާރާތުގެ އެންމެ މޮޅު ބެޓަރަކަށް ހޮވުނު އާރިފް ރިޒާއަށްވަނީ ހާއްސަ އިނާމެއް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު