ސެނެގޯލަށް ތަށި ހޯދައިދިން ކޮންމެ ކުޅުންތެރިއަކަށް 1500 އަކަފޫޓުގެ ގޯއްޗެއް

ސެނެގޯލުގެ ރައީސް އެފްރިކާ ކަޕުގެ ޓްރޮފީ އުފުލާލައިގެން--

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދި ސެނެގޯލް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 1500 އަކަފޫޓުގެ ގޯއްޗަކާއެކު ފައިސާގެ ބޮޑު އިނާމެއް ދޭން އެ ގައުމުގެ ރައީސް ނިންމަވައިފިއެވެ.

ސެނެގޯލުގެ ރައީސް ބަސީރޫ ޑިއޯމާއިފާއި މިކަން އިއުލާނުކުރެއްވި އިރު، ގޯތި ދޭން ނިންމާފައިވަނީ އެ ގައުމުގެ އައްސޭރިފަށުގެ ސަރަހައްދަކުންނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ސެނެގޯލުން ހޯދީ ފައިނަލުގައި މޮރޮކޯގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ އެ ގައުމުގެ ތާރީހުގައި އެފްރިކާ ކަޕް ހޯދި ދެވަނަ ފަހަރެވެ.

ކާމިޔާބީއާ ގުޅިގެން ބޭއްވި އުފާފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސެނެގޯލުގެ ރައީސް ވަނީ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ގޯއްޗަކާއެކު 134،892 (އެއްލައްކަ ތިރީސް ހަތަރުހާސް އަށްސަތޭކަ ނުވަދިހަ ދޭއް) އެމެރިކާ ޑޮލަރު ދިނުމަށް ނިންމަވާފައެވެ.

އެފްރިކާ ކަޕުގެ ޓްރޮފީއާއެކު ސެނެގޯލުގެ ރައީސް އަދި ކުޅުންތެރިއެއް--

ގޯތިދޭން ނިންމި ދަކަރް ސަރަހައްދަކީ އެ ގައުމުގައި ޑިމާންޑު ބޮޑު ސަރަހައްދެކެވެ. އެގޮތުން ސަރުކާރުގެ މުހިންމު އިދާރާތަކެއް އެ ގޯތިތައް ހިމެނޭ ސަރަހައްދުގައިވެއެވެ.

ކުޅުންތެރިންގެ އިތުރުން ޓީމުގެ އޮފިޝަލުންނާއި އެ ގައުމުގެ ކުޅިވަރު ވުޒާރާގެ ފަރާތުން ޓީމާއެކު މޮރޮކޯއަށް ދިޔަ މީހުންނަށްވެސް ހަދިޔާގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ދީފައިވެއެވެ. އަދި ބިމެއްވެސް ހަދިޔާކޮށްފައިވެއެވެ. އަދި ސެނެގޯލް ފުޓުބޯޅަ ފެޑެރޭޝަނަށްވެސް ބޮޑު ބިމެއް ދީފައިވެއެވެ.

މިކަމާ ގުޅިގެން މާލީ އަނދަވަޅެއްގެ ތުންފަތްމަތީގައި އޮތް ސެނެގޯލުގެ ރައްޔިތުން ވަނީ އެވަރުގެ ބޮޑު އިނާމެއް ދިނުމާއި ގުޅިގެން އެ ގައުމުގެ ހަގީގީ ހާލަތު އޮތް ގޮތާމެދު ސުވާލު އުފައްދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު