ވިޗާއީ ބްރޭންޑްގެ ނަމުގައި ފޭކް ޕްރޮޑަކްޓް ވިއްކާތީ ސަމާލުވާން އިލްތިމާސްކޮށްފި

ވިޗައި އަދި ބުޑުއާން ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް -- ފޮޓޯ ލިއޯ

ވިޗާއީ ހޯލްޑިން ގްރޫޕް ކޮމްޕެނީ ލިމިޓެޑް ނަމުގައި ވިޗައި އަދި ބުޑުއާންގެ ފޭކް ޕްރޮޑަކްޓްތައް ރާއްޖެ ގެނެސް ވިއްކާތީ، ކަސްޓަމަރުން އެ ކަމަށް ސަމާލުވާން އެ ކުންފުނީގެ ސޯލް ޑިސްޓްރިބިއުޓާ ލިއޯ ސްޓޯ އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން އިލްތިމާސްކޮށްފިއެވެ.

ވިޗާއީ ކުންފުނީގެ ޕްރޮޑަކްޓްތައް ރާއްޖޭގައި ވިއްކާ މާކެޓްކުރުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ލިއޯ ސްޓޯ އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށެވެ.

ވިޗައި އަދި ބުޑުއާން ފިހާރަ -- ފޮޓޯ ލިއޯ

އެ ކުންފުނިން ބުނީ، ބައެއް ގައުމުތަކުގެ ވޯކްޝޮޕްތަކާއި ތާޑް ޕާޓީތައް މެދުވެރިކޮށް 'ޖެނުއިން' ނޫން އިންޖީނާއި، ޖެނަރޭޓަރާއި، ސްޕެއާ ޕާޓުތައް ރާއްޖެ އެތެރެކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކުންފުނީގެ އިންޖީނާއި، ޖަނަރޭޓަރު އަދި ސްޕެއާ ޕާޓުތައް ވެސް ވިއްކުމުގެ ހުއްދަ އޮންނަނީ ލިއޯ ސްޓޯ އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑަށް އެކަންޏެވެ.

އެހެންކަމުން، އެހެން ފަރާތްތައް މެދުވެރިކޮށް ޖެނުއިން، ވިޗައިގެ އިންޖީނާއި، ޖެނަރޭޓަރާއި، އަދި ސްޕެއާ ޕާރޓުތައް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެއްކަން އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.

ވިޗައި އަދި ބުޑުއާން ފިހާރައިން ވިއްކާ ބައެއް ޕްރޮޑަކްޓުތައް -- ފޮޓޯ ލިއޯ

އެ ފަދަ ފަރާތެއް މެދުވެރިކޮށް ކަސްޓަމަރަކު ގަންނަ މުދަލެއްގެ ފެންވަރު ކަށަވަރުކޮށްދިނުމާއި، ވޮރަންޓީ ފޯރުކޮށްދިނުމަކީ ލިއޯ ސްޓޯ އެންޑް ސަޕްލައިއަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ. އެހެންވެ، އެ ކަންކަމަށް ސަމާލުވާން ވަނީ އިލްތިމާސްކޮށްފައެވެ.

ލިއޯ ސްޓޯ އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑުން ވަނީ އެފަދަ މުއާމަލާތެއް ހިންގާކަން އެނގިއްޖެ ނަމަ، އެ ކުންފުނީގެ ނަންބަރު، 9558949 އަށް ގުޅަން ނުވަތަ އެ ކުންފުނީގެ އީމެއިލް [email protected]އަށް މެއިލްއެއް ފޮނުވުމަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު