ދެ އަހަރަށްފަހު ސްޕޯޓްސް އެވޯޑްސް ހަފުލާ އަންނަ މަހު ބާއްވަނީ

އެންމެ ފަހުން ބޭއްވި ސްޕޯޓްސް އެވޯޑު ހަފުލާގެ ތެރެއިން: ދެ އަހަރަށްފަހު ސްޕޯޓްސް އެވޯޑްސް ހަފުލާ އަންނަ މަހު ބާއްވަނީ --

ކުޅިވަރުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެމުން އަންނަ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ހަފްލާ، ދެ އަހަރަށްފަހު އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ، "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2025" އަންނަ ފެބުރުއަރީ މަހުގެ 15 ގައި ޒުވާނުންގެ މަރުކަޒު ހޯލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި 11 ދާއިރާއަކުން ނަން ހުށަހެޅުމަށް ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލިއެވެ.

އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލި ދާއިރާތައް:

  • ސްޕޯޓްސްމަން/ ސްޕޯޓްސްމުވަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)
  • ޕެރާ ސްޕޯޓްސްމަން/ ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)
  • ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔާ އެވޯޑް
  • މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން އަދި ބްރޯޑްކާސްޓިންގ)
  • ސްޕޯޓްސް މެޑިކް އޮފް ދަ އިޔާ އެވޯޑް
  • ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)
  • ކޯޗް އޮފް ދަ އިޔާ އެވޯޑް ( އަންހެން/ ފިރިހެން)
  • ޔަންގް ސްޕޯޓްސްމަން/ ޔަންގް ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް (އަންހެން/ ފިރިހެން)
  • ސްޕޯޓްސް ވިޒުއަލް އާޓިސްޓް އޮފް ދަ އިޔާ އެވޯޑް
  • ޕެރާ ސްޕޯޓްސްމަން/ ޕެރާ ސްޕޯޓްސްވުމަން އޮފް ދަ އިޔާ އެވޯޑް އޮލިމްޕިކް/ ނޮން އޮލިމްޕިކް (އަންހެން/ ފިރިހެން)
  • ސްޕޯޓްސްމަން/ ސްޕޯޓްސްމުވަން އޮފް ދަ އިޔާ އެވޯޑް އޮލިމްޕިކް/ ނޮން އޮލިމްޕިކް (އަންހެން/ ފިރިހެން)

އެންމެ ފަހުން ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް"ގެ 'ސްޕޯޓްސްވުމަން އޮފް ދި އިޔާ'ގެ މަގާމަށް ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ހޮވުނުއިރު، 'ސްޕޯޓްސްމަން އޮފް ދި އިޔާ'ގެ އެވޯޑް ހާސިލްކުރީ ގައުމީ ފިރިހެން ޓޭބަލް ޓެނިސް ޓީމުގެ މުހައްމަދު ޝައްފާން އިސްމާއިލެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު