ސަލާހު ލެވަލްގެ ކުޅުންތެރިއަކު ސްކޮޑުގައި ހުރުމަކީ ހިތްހަމަޖެހުމެއް ކަމަށާއި މީޑީއާތަކުން ސިފަކުރާ ގޮތަށް އެއްވެސް މައްސަލައެއް ނެތްކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފިއެވެ.
ކޯޗު މިހެން ބުނިއިރު، ސަލާހު ވަނީ ސްލޮޓުގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް މީޑިއާތަކުގައި ވާހަކަދައްކާފައެވެ. ސަލާހު މިހެން ވާހަކަދެއްކީ މިދިޔަ މަހު ލިވަޕޫލުން ލީޑްސް ޔުނައިޓެޑާ 3-3 އިން އެއްވަރުވި މެޗަށް ފަހުގައެވެ.
އޭގެފަހުން އެ ކުލަބުން ވަނީ ސަލާހުއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑުން އޭނާ ބޭރުކުރިއެވެ.
އޭގެފަހުން ސްލޮޓް މިކަމާގުޅޭ ގޮތުން ވާހަކަދެއްކީ މިރޭ ޗެމްޕިއަންސް ލީގުގައި މާސޭއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ސްލޮޓު ބުނީ ސަލާހާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލަަތަކެއް ކުރިމަތިވި ދަނޑިވަޅުތަކެއް ދިޔަ ކަމަށެވެ.
"އަހަރެން އޭނަ ސްކޮޑަށް ނުނަގަން ނިންމި ދަނޑިވަޅެއްވެސް ދިޔަ، އެކަމަކު އޭގެފަހުން ކުޅުނު ހުރިހާ މެޗެއްގަ އޭނާ ފުރަތަމަ އެހާރައިން ފެންނާނެ، އެއްވެސް މައްސަލައެއް އޭގެފަހުން އޮތް ނަމަ އެގޮތަށް މަންޒަރު ނުފެންނާނެ" ސްލޮޓް ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން މިރޭ ރަށުންބޭރުގައި މާސޭއާ ކުޅޭ މެޗުގެ ސްކޮޑުގައި ސަލާހުގެ ނަން ވަނީ ހިމަނާފައެވެ.