ރެލިގޭޝަނުގެ ބިރުވެރިކަމާ ކުރިމަތިލާންޖެހިފައިވާ ބާންލީއާ ވާދަކޮށް ޗެމްޕިއަން ލިވަޕޫލް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މި ނަތީޖާއާއެކު ލިވަޕޫލު ތާވަލުގެ ހަތަރުވަނައިގައި އޮތީ 22 މެޗުން 36 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް މެންޗަސްޓަރ ޔުނައިޓެޑް އޮތީ 35 ޕޮއިންޓާއެކުއެވެ. މެޗުގައި ބާންލީ އޮތީ 22 މެޗުން 14 ޕޮއިންޓާއެކު ލީގު 19 ވަނައިގައެވެ.
މެޗުގައި ލިވަޕޫލުން ވަނީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. އަދި ގިނަ ހަމަލާތަކެއްވެސް އުފެއްދިއެވެ. ނަމަވެސް ފެނުނީ ނިންމާލުމުގައި ގޯސްހެދި ތަނެވެ.
ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ލިވަޕޫލުންނެވެ. ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްލޯރިއަން ވާޓްސްއެވެ.
ބާންލީން ނަތީޖާ ހަމަހަމަކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން މެދުތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް އެޑްވާޑްސްއެވެ.
ލިވަޕޫލުގެ ނަތީޖާ ގޯސްވުމާއެކު އެ ޓީމުގެ ކޯޗު ސްލޮޓުގެ އިސްތިއުފާއަށް ގޮވަމުންދާ މީހުންގެ އަދަދު ވަނީ ކުރިއަށްވުރެ އިތުރުވެފައެވެ.