ފަހަތުން އަރާ ލައިޕްޒިގް އަތްދަށުކޮށް ބަޔާނުން ލީޑު ފުޅާކޮށްފި

ޖަރުމަނު ލީގިގައި ބަޔާން މިއުނިކާއި އާރުބީ ލައިޕްޒިގް ބައްދަލުކުރި މެޗުގެ ތެރެއިން--

ޖަރުމަނު ބުންޑަސްލީގާގައި ރޭ ފަހަތުންއަރާ އާރުބީ ލައިޕްޒިގު ބަލިކޮށް ބަޔާނުް މިއުނިކުން އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ލައިޕްޒިގު އެރީނާގައި ރޭ ކުޅުނު މެޗު ބަޔާން މިއުނިކުން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާއެކު އެވެ. އެއީ ކުޅުނު 18 މެޗުން ލިބުނު 50 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 18 މެޗުން 39 ޕޮއިންްޓް ލިބިފައެވެ.

ތާވަލުގެ ތިންވަނަ ހޮފެންހައިމްއަށް ލިބެނީ 17 މެޗުން 33 ޕޮއިންޓާއެކު އެވެ. އަދި ހަތަރެއްގައި އޮތް ލައިޕްޒިގަށް 17 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ސްޓުޓްގާޓްގެވެސް އޮތީ 17 މެޗުން 32 ޕޮއިންޓު ހޯދަައިގެންނެވެ.

ރޮމޫލޯ ކްރޫޒްގެ ލަނޑާއެކު ލައޕްޒިގުން ލީޑު ނެގީ މެޗުގެ 20 ވަނަ މިނެޓުގައެވެ. މި ނަތީޖާގައި ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ބަޔާނުން ވަނީ ލައިޕްޒިގް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ.

ބަޔާންގެ ލަނޑުތައް ޖެހީ، ސާޖް ގްނަބްރީ، ހެރީ ކޭން، ޖޮނަތަން ޓާ އަދި އަލެކްސަންޑަ ޕަވްލޮވިޗް އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު