ސާފް ވިމެންސް ފުޓްސަލް ޗެންޕިއަންޝިޕް 2026 ގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ޕާކިސްތާނު އަތުން ބަލިވިނަމަވެސް ޓީމުން ކުރިއެރުންތަކެއް ފެނިއްޖެއެވެ.
ބެންކޮކުގެ ނޮންތަބުރީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ޕާކިސްތާން މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.
މެޗަކަށްފަހު މެޗެއް ދިވެހި ޓީމުން ކުރިއެރުންތަކެއް ހޯދަމުންއަންނަ އިރު، ފުރަތަމަ މެޗުގައި އަންހެން ޓީމުން ވަނީ 11-1 އިން އިންޑިއާ އަތުން ބަލިވެފައެވެ.
މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، އިންޑިއާ އަތުން 11-1 އިން ބަލިވިއިރު، ދެވަނަ މެޗުގައި ނޭޕާލް އަތުން ވަނީ 5-0 އިން ބަލިވެފައެވެ.
އެންމެ ފާހަގަކޮށްލެވެނީ މި މެޗުގައި ދިވެހި ޓީމުން ހޯދި ކުރިއެރުންތަކެވެ. ޓީމެއްގެ ގޮތުގައި ދިވެހި ޓީމުން ވަނީ މި މެޗުގައި ގިނަ ބޯޅަތަކެއް ހޯދާ، ޑިފެންސިވް ކުޅުމުގައި ވެސް ކުރިއެރުން ހޯދާފައެވެ.
ޕާކިސްތާނުން ލީޑު ނެގި ނަމަވެސް ރާއްޖޭގެ މަރިޔަމް ނޫރާ ވަނީ ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން ޕާކިސްތާނު ވަނީ އިތުރު ދެ ލަނޑުޖަހާ މެޗުން މޮޅުވެފައެވެ.
މި މޮޅާއެކު ޕާކިސްތާން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް ހަތް ޕޮއިންޓު ހޯދައިގެންނެވެ.
ދެވަނަ އިންޑިއާއަށް ލިބެނީ ހަ ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި މިވަގުތު ބަންގްލަދޭޝް އޮތްއިރު، ހަތަރުވަނައިގައި އޮތީ ނޭޕާލެވެ. އަދި ފަސްވަނައިގައީ ބޫޓާން އޮތީ ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެންނެވެ. އަދި މި އަދަދަށް މެޗު ކުޅެގެން ލަންކާއަށް ލިބެނީ އެއް ޕޮއިންޓެވެ.