ކޮޕާ ޑެލްރޭގެ ގަދަ 16 ބުރުގައި ރޭ ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ އަތްދަށުގެ ރެއާލް މެޑްރިޑު މުބާރާތާ އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.
މިއީ ރެއާލްގެ ކޯޗުކަމުން ޒަބީ އަލޮންސޯ ވަކިކުރުމަށްފަހު އެ މަގާމާ ހަވާލުވި އާބެލޯއާގެ ކޯޗުކަމުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.
ވާދަވެރި ކުޅުމަކަށްފަހު މި މެޗުން ރެއާލް މެޑްރިޑު ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ރެއާލްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މި މެޗުގައި ނުކުޅެއެވެ. އެގޮތުން ކީލިއަން އެމްބާޕޭ، ކީޕަރު ތިބައު ކޯޓުއާއާއި ޖޫޑް ބެލިންހަމް ފަދަ ކުޅުންތެރިން ހިމެނެއެވެ.
މެޗުގައި އަލްބަސެޓޭއިން އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ހަވީ ވިލާއެވެ.
ރެއާލުން ވަނީ މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ފްރެންކޯ މަސްޓެންޓޫނޯ ގެ ލަނޑުން ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އަލްބަސެޓޭއިން ދެވަނަ ފަހަރަށް މެޗުގައި ލީޑުނެގީ 82 ވަނަ މިނެޓުގައެވެ. މިއީ ބެންޑަކޫރު ކާމިޔާބުކޮށްދިން ލަނޑެވެ.
ދެވަނަ ފަހަރަށް ރެއާލުން ނަތީޖާ ހަމަހަމަކުރީ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ. އޭގެފަހުން މެޗުން ރެއާލަށް ކުރިއަށްދިއުމުގެ ހުރިހާ ދޮރެއް ބަންދުވީ ރެއާލްގެ ލަނޑު ޖެހިތާ ދެ މިނެޓުފަހުން ބެންޓަކޫރު ޖެހި ލަނޑުންނެވެ.