އުމްރާއިން އައީ އިއްޔެ، އާއިލާއެކު ތޮއްޑޫގައި ހުއްޓާ މިއަދުވީ މަރު

މިއަދު ކުއްލި ގޮތަކަށް މަރުވި އަހުމަދު ލަތީފް

އިއްޔެ އުމްރާގެ އަޅުކަމަށްފަހު މާލެ އައި، މީހަކު އއ. ތޮއްޑޫގައި ހުއްޓައި މިއަދު މަރުވެއްޖެއެވެ.

ކުއްލި މަރަކުން، މަރުވީ ފުވައްމުލައް ސިޓީއަށް ނިސްބަތްވާ އަހުމަދު ލަތީފް (ރަތަމަލާނާ އަހުމަދު) އެވެ.

އަހްމަދުގެ ކޮއްކޮ އަދި ފުވައްމުލައް ސިޓީ ކައުންސިލުގެ ހުޅަނގު ދެކުނު ދާއިރާގެ ކައުންސިލަރު އައިމިނަތު އިނާޔާ 'ސަން'އަށް ވިދާޅުވީ، އޭނާ މަރުވީ، ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. އެނގެނީ، ހަމަ ކުއްލި ގޮތަކަށް "ހުއްޓުނީ"ކަން ކަމަށާއި، އިތުރު ތަފްސީލް އަދި ނޭނގޭކަމަށް ވިދާޅުވިއެވެ.

އުމްރާގެ އަޅުކަމަށްފަހު އަހުމަދު މާލެ އައީ އިއްޔެއެވެ. އެއަށް ފަހު، ރަށަށް ނުގޮސް، ދިޔައީ އާއިލާއެކު ޗުއްޓީއަށް ކަމަށް އިނާޔާ ވިދާޅުވިއެވެ.

މިއީ، މިއަދު ކުއްލި ގޮތަކަށް ހިނގި މިފަދަ ދެވަނަ މަރެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގައި، 16 އަހަރުގެ އަންހެން ކުއްޖަކު ވެސް މިއަދު ވަނީ ކުއްލި ގޮތަކަށް ވަނީ މަރުވެފައެވެ.

comment ކޮމެންޓް