ގެ ގދ. އަތޮޅުގެ ސެމީ ފައިނަލަށް ވާދޫ، މަޑަވެލި، ހޯނޑެއްދޫ އަދި ފިޔޯރީން ދަތުރުކޮށްފިއެވެ.
ޖުމްލަ ހަ ޓީމު ބައިވެރިވި ގދ. އަތޮޅު ބުރު ކުރިއަށްދަނީ ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މި އަތޮޅުގައި އެންމެ މަޝްހޫރު އެއް ރަށް ކަމަށްވާ ވާދޫ ވަނީ ރޭ ގައްދޫ 4-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ވާދޫން މި މެޗު ކާމިޔާބުކުރީ ފަހަތުން އަރާ ކާމިޔާބުކުރި ލަނޑުތަކާއެކު އެވެ.
ހޯނޑެއްދޫ އާއި ފިޔޯރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗަށް ނުކުތްއިރު ވެސް ހޯނޑެއްދޫއަށް ވަނީ ސެމީ ޔަގީންވެފައެވެ.
އެއާއެކު ދެ ގްރޫޕުގެ ތެރެއިން ގްރޫޕް އޭގެ އެއްވަނަ ވާދޫ ހޯދިއިރު، ދެވަނަ ލިބުނީ ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މަޑަވެއްޔެވެ. އަދި ގައްދޫ ވަނީ މުބާރާތާ އަލްވަދާއު ކިޔާފައެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ހޯނޑެއްދޫއާއި ފިޔޯރީ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
ގްރޫޕް ބީގެ އެއްވަނަ ހޯނޑެއްދޫ ހޯދީ ޖުމްލަ ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނަ ހޯދި ފިޔޯރީއަށް ދެ ޕޮއިންޓު ލިބުނުއިރު ރަތަފަންދޫއަށް ވަނީ ތާވަލުގެ ފުލަށް ވެއްޓި މުބާރާތް ނިމިފައެވެ. އެއީ ކުޅުނު ދެ މެޗުންވެސް ބަލިވުމާއެކު އެވެ.