އައްޑޫ ސިޓީ، ފޭދޫއިން 19 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް މިއަދު ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ސ. ފޭދޫ، ހަމްދަރުދީގެ، 19 އަހަރުގެ ޙައްވާ ރާއިދާ މުނީރެވެ. ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ރާއިދާ ހޯދަމުންދަނީ މިއަދު މެންދުރުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާ މެންދުރުފަހު 14:52 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރާއިދާގެ މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުންޏެވެ.