ވަންޕްލަސް 15ޓީ: ބޮޑު ބެޓެރީއަކާއެކު އާ ރެކޯޑެއް!

މިދިޔަ އޭޕްރީލް މަހު ނެރުނު ވަންޕްލަސް 13ޓީގެ ފަހުން ނެރޭ މި އާ މޮޑެލްގައި، އެންމެބޮޑު ތަފާތަކީ ބެޓެރީގެ ގާބިލްކަން ---

ސްމާޓްފޯން އުފައްދާ މަޝްހޫރު ވަންޕްލަސް ކުންފުނިން އެންމެ ފަހުގެ "ވަންޕްލަސް 15ޓީ" ބާޒާރަށް ނެރުމަށް ތައްޔާރުވަމުން އަންނައިރު، މި ފޯނުގެ ފާހަގަކޮށްލެވޭ މުހިންމު ސިފަތަކެއް މިހާރު ވަނީ ލީކުވެފައެވެ.

މިދިޔަ އޭޕްރީލް މަހު ނެރުނު ވަންޕްލަސް 13ޓީގެ ފަހުން ނެރޭ މި އާ މޮޑެލްގައި، ބެޓެރީގެ ގާބިލްކަމަށް ގެނެސްފައިވާ ބޮޑު ކުރިއެރުމާއެކު، މިއީ ޓެކްނޮލޮޖީގެ ދާއިރާގައި އާ ރެކޯޑެއް ގާއިމުކުރާނެ ފޯނެއް ކަމަށް ބެލެވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި މި ފޯނު ވާނީ ވަންޕްލަސް 15 ސީރީޒްގެ ފޯނުތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި ގިނަ ވަގުތު ޗާޖު ހިފަހައްޓާނެ އެއް ފޯނަށެވެ.

https://sun.mv/215616

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވަންޕްލަސް 15ޓީގައި ހިމެނޭނީ 7،500 އެމްއޭއެޗްގެ ބިޔަ ބެޓެރީއެކެވެ. މިއީ ކުރީގެ މޮޑެލް ކަމަށްވާ 13ޓީގައި ހުރި 6،260 އެމްއޭއެޗްގެ ބެޓެރީއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއީ ވަންޕްލަސް 15 ގައި ހުރި 7،300 އެމްއޭއެޗް އަދި 15އާރް ގައި ހުރި 7،400 އެމްއޭއެޗްގެ ބެޓެރީއަށްވުރެ ވެސް ބޮޑު ބެޓެރީއެކެވެ.

މި ފޯނުގެ ޑިސްޕްލޭއަށް ބަލާއިރު، 6.3 އިންޗީގެ 1.5ކޭ ރިޒޮލިއުޝަންގެ އެލްޓީޕީއެސް ސްކްރީނެއް ހިމެނޭނެއެވެ. އަދި މީގައި 165 ހާރްޓްޒް ރެފްރެޝް ރޭޓެއް ހިމެނޭއިރު، މިއީ ފޯނުގެ ހަރަކާތްތައް ވަރަށް އޮމާންކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ފޯނުގެ ފްރޭމް ހަދާފައިވަނީ ދަގަނޑުން ކަމަށްވާއިރު، ސްކްރީންގެ ދަށުގައި 3ޑީ އަލްޓްރާސޮނިކް ފިންގަޕްރިންޓް ސެންސަރެއް ހުންނާނެއެވެ.

ކެމެރާގެ ގޮތުން މި ފޯނުގައި ސެމްސަންގް ޖޭއެން5 މޮޑެލްގެ 50 މެގަޕިކްސެލް ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެއެވެ. އަދި ފޯނުގެ ފަހަތުގައި 50 މެގަޕިކްސެލްގެ ދެ ސެންސަރު ހިމެނޭ ކެމެރާ ސެޓަޕެއް ހުންނާނެ ކަމަށް ބެލެވެއެވެ. މި ފޯނުގައި ބޭނުންކުރާނީ އެންމެ ފަހުގެ ސްނެޕްޑްރަގަން 8 އެލީޓް ޖެން 5 ޗިޕްސެޓެވެ.

ވަންޕްލަސްގެ އުފެއްދުންތައް އާންމުކޮށް ބާޒާރަށް ނެރޭ ގޮތަށް ބަލާއިރު، ޗައިނާގެ މާކެޓަށް ވަންޕްލަސް 15ޓީގެ ނަމުގައި ނެރޭ މި ފޯނު، އިންޑިއާ ފަދަ ގައުމުތަކުގެ މާކެޓަށް ނެރޭނީ ވަންޕްލަސް 15އެސްގެ ނަމުގައެވެ.

ވަންޕްލަސް 15ޓީ ވާނީ މިހާރު ބާޒާރުގައި ހުރި ވަންޕްލަސް 15 އަދި 15އާރް އާއެކު މި ސީރީޒްގައި ހިމެނޭ ތިންވަނަ ފޯނަށެވެ.

ކުރީގެ މޮޑެލް ކަމަށްވާ ވަންޕްލަސް 13ޓީ ބާޒާރަށް ނެރުނުއިރު 12 ޖީބީ ރޭމް އަދި 256 ޖީބީ ސްޓޯރޭޖް ހިމެނެއެވެ. އެ ފޯނުގައި ހިމެނުނީ 6.32 އިންޗީގެ ފުލް އެޗްޑީ ޕްލަސް ޑިސްޕްލޭއަކާއި، 120 ހާރްޓްޒް ރެފްރެޝް ރޭޓަކާއި، 80 ވޮޓްގެ ފާސްޓް ޗާޖިން އެވެ. އަދި އެއީ ފެނާއި ހިރަފުހުން ރައްކާތެރިކޮށްދޭ އައިޕީ65 ރޭޓަޑް ފޯނެކެވެ.

އާ މޮޑެލްގައި މި ހުރިހާ ސިފަތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު