ނިއުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްޕޭނުގެ ތަޖުރިބާކާރެއް

ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްޕެއިންުގެ ތަޖުރިބާކާރަކު ހަމަޖައްސައިފިއެވެ.

ނިއު ރޭޑިއަންޓުގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސީ ސްޕޭނުގެ ފްރޭންސިސްކޯ މެނުއަލް ކައިންޒޯސް އެވެ.

ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއަކީ ކުލަބުގެ ފުޓްބޯޅަ ޓީމުތައް އެނަލައިޒްކޮށް ފުޓްބޯޅަ ކުރިއަރުވަން ލަފާދީ ހެދުން ކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

ނިއުގެ އެއްބަސްވުމުގައި އޭނާ ސޮއިކޮށްފައިވާއިރު، ކުލަބުގެ އެގްރީމަންޓް ދައްކާލީ ނިއުގެ ޗެއާމަން އަހުމަދު މުބީނާއި ވައިސް ޗެއާމަން އަދި އެފްއޭއެމުގެ އެއް ވައިސް ޗެއާމަން ކަމަށްވާ ވެމްކޯގެ އިސް ވެރިއެއް ކަމަށްވާ މުޖުތަބާގެ އަރިހުގައެވެ.

ކުލަބުގެ ހެޑު ކޯޗަކީ ރާއްޖޭގެ އެންމެ ކާމިިޔާބު ކޯޗުންތަކުގެ ތެރޭގައި ހިމެނޭ އަލީ ސުޒެއިން އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު