އައު އަހަރަށް އައި އަށް ޖެޓު ވީއައިއޭގައި އޮތްއިރު، މާފަރު އެއާޕޯޓުގައި ގިނަ ޖެޓުތަކެއް!

ވީއައިއޭއަށް މީގެ ކުރިން ޖެއްސި ޖެޓުތަކެއް: އައު އަހަރާ ދިމާކޮށް އައި އަށް ޖެޓެއް މިހާރު ވީއައިއޭގައި އެބައޮތް --- ފޮޓޯ/ އެމްއޭސީއެލް

އައު އަހަރު ފެށުމާ ދިމާކޮށް ރާއްޖެ އައި މަހުޖަނުންގެ އަށް ޖެޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޕާކުކޮށްފިއެވެ.

މާދަމާ އައު އަހަރު ފެށޭއިރު، މި ޗުއްޓީ ފާހަގަކުރުމަށް ރާއްޖެއަށް ޖެޓުތައް އަންނަނީ ފެށީ މިދިޔަ ހަފުތާގައެވެ.

https://sun.mv/215639

ވީއައިއޭއަށް އާންމު ގޮތެއްގައި ކޮންމެ މަހަކު އަންނަނީ ގާތްގަނޑަކަށް ހަތަރު ޖެޓު ކަމަށްވީ ނަމަވެސް، 'ސަން'އަށް އެނގިފައިވާ ގޮތުގައި، މިހާރު ވެސް ވީއައިއޭގައި އަށް ޖެޓު ޕާކުކޮށްފައި އެބަ އޮތެވެ. އަދި، އިތުރު ދެ ޖެޓެއް މިއަދު އަންނަން ހަމަޖެހިފައިވާއިރު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ގިނަ އަދަދެއްގެ ޖެޓުތައް ޕާކުކޮށްފައި އޮތްކަން ވަނީ އެނގިފައެވެ.

މީގެކުރިން ވީއައިއޭއަށް ޖެއްސި ޖެޓުތަކެއް --- ފޮޓޯ/ އެމްއޭސީއެލް

ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަން މިހާރު ފެށިފައިވާއިރު، ކޮންމެ އަހަރެއްގެ މި ދުވަސްވަރުގައި ވެސް އެއާޕޯޓަށް ޖައްސާ ޕްރައިވެޓް ޖެޓުތަކުގެ އަދަދު ގިނަވެއެވެ. މިއީ އެއާޕޯޓު މެދުވެރިކޮށް ވަންނަ އާމްދަނީ އިތުރުވުމުގެ ވެސް އެއް ސަބަބެވެ.

ހަމައެއާއެކު ރާއްޖެއަށް ދަތުރުތައް ބާއްވާ ކޮމާޝަލް އެއާލައިންގެ ދަތުރުތައް ވެސް މި ދުވަސްވަރާ ދިމާކޮށް އިތުރުވެއެވެ. ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވާއިރު، މަޝްހޫރު ތަރިން ވެސް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރާތްކުރެއެވެ.

ވީއައިއޭއާއި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޕްރައިވެޓް ޖެޓުތައް ޖައްސައެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، މި އަހަރުތެރޭ، އިއްޔެގެ ނިޔަލަށް 2.24 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް