މާފުއްޓާއި އައްޑޫ ސިޓީގެ މެޗުން ވޮލީގެ އަންހެން ސުޕަ ލީގު ފަށަނީ

މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ވީއޭއެމް

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަން ތައްޔާރުވާ ރާއްޖެ ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ކ. މާފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތަކީ މިއަހަރު ކަލަންޑަރުގައި ހިމަނައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ މުބާރާތެކެވެ.

ޖެނުއަރީ 4 އިން 12 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނީ ދެ ޕޫލަކަށް ބަހާލައިގެންނެެވެ. ކޮންމެ ޕޫލެއްގައި ހަތަރު ރަށް ނުވަތަ ސިޓީ ހިމެނެއެވެ.

ޕޫލް އޭ

  • ލ. ގަން
  • ށ. ފުނަދޫ
  • ކ. މާފުށި
  • އައްޑޫ ސިޓީ

ޕޫލް ބީ

  • ލ. މާބައިދޫ
  • ކ. ހުރާ
  • ދ. މާއެނބޫދޫ
  • މާލޭ ސިޓީ

މުބާރާތުގެ މެޗު ޝެޑިއުލް

މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު އެއް މެޗު އަދި ރޭގަނޑު އެއް މެޗެވެ. ސޯޝަލް އިންޑޯގައި މުބާރާތް ކުރިއަށްދާއިރު، ލީގު ބުރުގެ ކުޅުން 9 ޖެނުއަރީއާ ހަމައަށް ކުރިއަށްދާނެއެވެ.

އެއަށްފަހު ކޮންމެ ޕޫލަކުން ރޭންކުކުރެވޭ އެއްވަނަ އަދި ދެވަނަ ޓީމު ސެމީ ފައިނަލުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 12 ޖެނުއަރީ ގެ ރޭގަނޑު 20:30 ގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު