ފަތިހު ތެދުވެ ނަމާދުކޮށްލީވެސް މަންމަގެ ވާހަކަތައް ހަނދާންވުމުންނެވެ. މަންމަ ބުނެދިނީ ފަރުޟު ފަސްނަމާދުގެ މުހިއްމުކަމެވެ. ނަމާދު ގާއިމުކުރަން ޖެހޭނެކަމުގައެވެ. އޭނަފަދަ ފާފަވެރިންނަށް އެއްވެސް އުއްމީދެއް އޮންނާހެެއްޔެވެ؟ ގުރުއާނުގެ ސަފުހާއެއް ހުޅުވައިލުމާއެކު ފެނުނު އާޔަތުން ހީވީ އޭނައާއި މުޛާތަބުކުރެވުނުހެންނެވެ.
ސައިބޮއިި ނިމުނުތަނާހެން ނުދަންނަ އަންހެންކުއްޖަކު ކޮޓަރިއަށް ވަނެވެ. ރަގަޅަށް ވިސްނަައިލުމާއެކު ކާކުކަން ދެނެގަނެވި އަނގަމަތީގައި އަތް އެޅުނެވެ.
"ނުވެސް އެނގުނު....."
"ބުރުގާ އެޅީމަ އެކަކަށްވެސް ނޭގުނު..."
"ފޮރުވޭވަރަކަށް ވަކިކުރަން ނޭގޭނެ...އަހެދްއާއި ބާބިލްވެސް އެއުޅެނީނު.....މުޑި އަރާފައި ވެއްޓުނަސް ނޭގޭނެ......"
"އާރިކް ނޫޅޭ ދޯ..."
"އޯ..އޭނަ ހޯދަން ނޫޅެބަލް.އާރިކް ހުންނާނީ އަދީނާ ރޫމްގައެއްނު...އަހެދްއާއި އާރިކްގެ ޚަބަރު ނާހަންތަ؟"
އަލާނާ ސިއްސައިގެން ދިޔަގޮތަށް އިވުނު އަޑާއިމެދު ޔަގީންނުވެ ހުރިގޮތަށް ބަލަން ހުރީ ލޯ ކުޑަކޮށްލައިގެންނެވެ. ދެވަނަ ސިކުންތުކޮޅުގައި އެތާގައި ހުރި ގޮނޑިއެއްގައި އިށީދެލެވުނެވެ.
"އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ..ކައިވެންޏާއި ހަމަޔަށް ދާއިރުވެސް އާޜިކްގެ ބެސްޓީ ގާތު ނުބުނާތީ ހަމަ ހައިރާންވެއްޖެ..........."
"އާނ..ނުބުނޭ..ޝޮކިން..ނުބުނީމަ..."
"ސިއްރުވެރިކަމެއް ދެއްވާފައި ހުރި ފިރިހެންދަރިއެއް."
ޖެނީފާއަށްވެސް އަލާނާއަށް އައި ބަދަލާއި ލިބުނު ޝޮކް ފާހަގަކުރެވުނެވެ. އާރިކްއާއި އަހެދްގެ ގުޅުމާއިމެދު އޭނަވެސް ހިތްހަމަޖެހެއެވެ. ނަމަވެސް އަލާނާ އާރިކްއައިހެދި އުޅޭވަރު އޭނަދަނެއެވެ. އެލޮލުން ފެންނަނީ ލޯތްބެވެ. ތެދުވެރިކަމާއި ވަފާތެރިކަމެވެ. އަލާނާ އެހެން އާއިލާއަކަށް ނިސްބަތްވާނަމަ އޭނައަށްވެސް މިކުއްޖާ ހަމަ އެންމެ ރަގަޅުވާނެއެވެ. ތެދުވެރި ލޯތްބަށް ގަދަރުކުރަން އޭނަ ދަސްކުރަންޖެހެއެވެ. އަމިއްލަ އެދުން ބޮޑުވެގެން އެހެން އަންހެންކުއްޖެއްގެ ހިތަށް ގަސްތުގައި އަނިޔާދޭންވާނެހެއްޔެވެ؟ ފުރުގާންމެންނާއިމެދު ހިތުގައި އޮތް ޖަޒުބާތެއްގެ އަސަރު ކުށެއްނެތް ކުއްޖެއްގެ ދިރިއުޅުމަށް ހިޔަނި އަޅައިގެންނުވާނެއެވެ. ނޫނީ އޭނަވެސް ހިމެނޭނީ އަނިޔާވެރިންގެ ތެރެއިންނެވެ.
"އަލާނާ ކިހިނެއް ތިވީ؟ ތިހާ ކަންބޮޑުވީމަ އެހެން ގޮތަކަށް މަށަށް ހީވަނީ..."
"އާނ އެހެންވާނެއްނު...ކޯލެއް..."އަލާނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލާފައި ދާން ހިނގައިގަތީ ފޯނު ކަންފަތުގައި ޖަހަމުންނެވެ.
"ފޭކް ކޯލެއްކަން ޔަގީން. މަވެސް އެހެން ދުރަށް ދާން ބޭނުމިއްޔާ ޖަހާ މަޅިއެއް ......"ޖެނީފާ ހީލިއެވެ. އެއާއެކު އޭނަގެ ސިކުނޑިއަށް އައީ ދީނުގައި އަންގަވާފައިވާ ބައެއް ކަންތައްތަކެވެ. ޝައްކުނުކުރުމަށެވެ. ދޮގު ނުހެދުމަށެވެ. މީހުން ނެތްތަންތާގައި މީހުންގެ ވާހަކަ ނުދެއްކުމަށެވެ. އާދައިގެ ކަންތައްތަކަމުގައި ދެކުނަސް ފާފަވެރިވެ ދިރިއުޅުމުގެ ބަރަކާތްކެނޑި އެކިގޮތްގޮތަށް ނަފުދާއި ރޫހަށް ދެވޭނެ ގެއްލުމެކެވެ.
***
އަލާނާ ބާބިލްއާއި ބައްދަލުކުރަން ސީދާ ދިޔައީ އާރިކްގެ ގެއަށެވެ. އާރިކް ޑިއުޓީގައި ހުރުމުން މިގެއިން ދިމާވާނެ ފުރުސަތެއްނެތްކަމަށް ޔަގީންކޮށްގެންނެވެ. ބާބިލްއާއި ދެކުދިން ކޮފީބޯން ބެލްކަނީގައި ތިބިއިރު ދެކެވުނީ ދީނީ ވާހަކަތަކެވެ. ރަމަޟާންމަހު ތަހައްޖުދުއާއި ތަރާވީސް ނަމާދުކުރަން މަސްޖިދަށް އެކީދާންވެސް ވާހަކަދެކެވުނެވެ. އަލާނާ ބުރުގާ އެޅީވެސް ގުރުއާންގެ އާޔަތެއް ކިޔަވާފައިކަމަށް ބުނުމުން ބާބިލް އުފާވިއެވެ.
"އެއީ ހަމަ ތެދެއްތަ؟ އަހެދްއާއި އާރިކް މެރީކުރަން އުޅެނީ؟"
"ވަޓް؟އަހެދްއާއި އާރިކް؟"ބާބިލް ޑްރެމެޓިކްކޮށް ލޯ ބޮޑުކޮށްލަމުން މަގު ކޮފީމޭޒުމަތީގައި ބެހެއްޓިއެވެ."އަހެދް.......އަހަންނަކަށް ހިޔެއްނުވޭ..އަދިވެސް އަހެދް އެހެރީ ހަމަ...އެންމެ މީހަކަށްޓަކާހެން މަށަށް ހީވަނީ.."
"އެކަމަކު ޖެނީފާ ބުނީ..."
"ތީ އެކަމަކު ހިތަށްވެސް ނާރާކަމެއް..،،"
"އަހެދްގެ އާންޓް އެވާހަކަ ނުދައްކާތަ؟"
"އޯ...އެއްދުވަހު އެކަހަލަ އެއްޗެއްބުނި...އަނެއްކާ....އަހައިލަން ޖެހޭނެ އަހެދްކައިރިން..އަނެއްކާ ސިއްރުން ކަމެއް ހިނގަނީތަ؟ ކީއްވެ އަލާނާ ދެން ވޮރީކުރަނީ؟ކަމުނުދަނީތަ؟ ޔޫ ލުކް ވޮރިޑް........."
"އައި ލައިކްޑް ހިމް....."އަލާނާ އިރުކޮޅެއްވާންދެން ވިސްނަން އިނެވެ."ލައިކް.....ރިއަލް ލައިކިން..."
ބާބިލް އެސްފިޔަ ޖަހައިލިއެވެ.
"ރިއަލީ؟"
"އަދި މިވާހަކަ އިވުނީމަ މާ ހައިރާންވާނެއްނު. އެ ވާހަކަ އޭނަ ގާތު ބުނިން...އޭނަ ހަމަ ބަސްހުއްޓިފައި.."
"އެހެންވިއްޔާ އަލާނާއަށް އިހުސާސްވީ އޭނައާއި އެކަށީގެންނުވެއޭ ދޯ....ހިޒް ރިއެކްޝަން....." ބާބިލް ބުނެލިއެވެ.
"ހޫމް. ފަހަރެއްގައި އަޑު ހަރުވެފައި ސަކަރާތްޖަހާތީ.އޭނަހެން ދިރިއުޅުން ސީރިޔަސްކޮށް ނުނަގާތި..އޭނަގެ މީހެއްގެ ގޮތުގައި ގޭގައި ބަހައްޓަން ބޭނުންނުވީ..." އަލާނާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ.
"އަލާނާ...އަލާނާ އަޑުހަރުވަނީ ހިތަށް މަޑުން ވާހަކަދައްކަން ނޭގޭތީ..އެއީ އުނިކަމެއްނޫން..އެއީ ހިތް ރަނުން ވީމަ..."
އަލާނާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގަތީ ހިފެހެއްޓުމަކާއިނުލައެވެ. އެކުއްޖާގެ ހިތަށް އަސަރުކޮށްފައިވާވަރު އިހުސާސްކުރެވުމުން ބާބިލްވެސް ދެރަވިއެވެ. އާރިކްގެ ހިތާއި ހަމަޔަށް ފޯރުމަކީ ކިހާ އުދަގޫކަމެއްކަންކަން އޭނައަށްވެސް އެނގެއެވެ. މިޒާޖުގައި ހުންނަ ސީރިޔަސްކަމާއި ހަރުދަނާކަމަކުންވެސް ނޫނެވެ. ނަމެއްދޭންވެސް ނޭގޭ އެހެން ސިފައެއްވެސް ހުރީއެވެ. ސީރިޔަސް ހަރުދަނާ މީހުންވެސް އަންހެނުންނާއިހެދި މޮޔަވެއެވެ. ބާބިލްއަށް އަލާނާގެ ކައިިރިއަށް ގޮސް މަޑުމަޑުން ހިފަހައްޓައިލެވުނެވެ. އިތުރު އެއްޗެއް ނުބުނެވުނަސް އެއަމަލަކީ ބާބިލްގެ ހިތުގެ ސާފުކަމާއި ހިތްހެޔޮކަން ރަމްޒުކޮށްދިން ކަމެކެވެ.
***
ޖުންޖުލާގެ ވިއްސާރަގަނޑު އޭގެ ވަރުގަދަކަމާއެކު އަތުޖެހުނުހާ އެއްޗެއް ހަލާކުކުރަން އަޒުމްކަނަޑައަޅާފައިވާފަދައެވެ. ފުރާޅުތަކާއި ގަސްތައްވެސް އެއްލައިލާފާނެހާ ބާރު ކެރިގަނޑެވެ. އެ ވިއްސާރަ ތޫފާނީދުވަހު އާރިކް ގެއަށް އައިއިރު އޭނަގެ މާމައާއި މަންމަ އެކީގައި ކޮޓަރިތެރޭގައި އަނގަ ތަޅައިލަން ތިބިތަން ފެނުމުން އާރިކްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަގެ ދުޢާ އިޖާބަކުރެއްވީއެވެ.އޭނަވެސް މިފަދަ ދުވަހަކަށްޓަކާ ހުވަފެންތައް ދެކުނެވެ.އާއިލާ އެކި އުޅޭނެ ދުވަހަކަށް އުއްމީދުކުރެވުނެވެ. އެތައް ބަޔަކު މަންމައެއްގެ ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި ބޮޑުވާތަން ފެނުމުން ހިތަށް އަސަރުކުރުވިއެވެ. މިއަދު މަންމަ އޭނަގެ ދުނިޔެއަށް އެނބުރި އަތުވެއްޖެއެވެ. ބީރައްޓެހިކަމާއި ދުރުކަމުގެ ފާރު މަޑުމަޑުން ދަނީ ތުނިވަމުންނެވެ. އޭނަ އެކޮޓަރިން ނުކުތްއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ.
"ހެލޯ ބްރަދާ...އާ ޔޫ އޯކޭ؟"ބާބިލް ކޮޓަރުން ނުކުތެވެ.
"އާ....ކީއްވެ ތިހެން އެހީ؟"
"އެކަނި ހުރެ ހޭތަން ފެނުނީމަ އެ ނޯމަލްކަމެއް ނޫނެއްނު. އެހެންނޫނަސް ފެރެންޑެއްބުނި ސައިކޮލޮޖީީ ހެދީމަވެސް ބޯ ގޮވައޭ..."ބާބިލް އާރިކްއައި އެއްވަރަކަށް ހިނގާފައި އައިސް ސިޓިން ރޫމަށްނުކުތެވެ.
އާރިކް ހީލިއެވެ."އަހެދް ތިހެން ބުނީ؟"
"ލައްބަ...އަހެދްވެސް ސައިކޭޓްރިސްޓަކާއި މެރީކުރަންށޭ އުޅެނީ....ވަރަށް ޝޮކިން...އަދި އެންމެ ހައިރާންވީ ކާކުކަން އެނގުނީމަ..ހިތަށްވެސް ނާރާ..."
"ހޫމް...ތި ވާހަކަދެއްކީމަ ހަނދާންވެއްޖެ...ބާބިލް ސިންގަލްކަން އެނގުމުން ކޮންމެވެސް މީހަކު މެރީކުރަން އަހައިފި..އެކަހަލަ ކަންތައްތަކަށް ވަރަށް އާވާނެ..އެހެންވެ ބުނިން ބާބިލްކައިރިން އަހާފައޭ ޖަވާބެއް ދޭނީ..."
"ނޫން ނޫން ނޫން...ބުނޭ ނޫނެކޭ..އެއްގޮރަކަށްވެސް އޭނައާއި މެރީކުރާކަށް ބޭނުމެއްނޫން..މާޒީ އަލުން ވުޖޫދަށް ގެންނާކަށް ބޭނުމެއްނޫން..."ބާބިލް ބޯ ހޫރައިގަތުމާއެކު ސޯފާއަށް ވެއްޓިގަތެވެ."ކުރީ ދުވަހު ދެކުނިން މިސްކިތުގައި އެކީ ތިއްބާ...ވަރަށް ޗޭންޖްވެއްޖެ.އެނގޭތަ؟ އެއީ ކުރީގެ ހަޒްބެންޑް....ފަސްޓް ހަޒްބެންޑް...ގޭންގެއްގައި އުޅުނީ...."
"ވަޓް؟ ގޭންގެއްގައޭ...އޭނަ މެރީކުރި..ވައިފް ނިޔާވީ. ތިބުނީ އަނެއްކާ...ލޯކަން ؟" އާރިކް ބުމަ އަރުވައިލިއެވެ.
"އާނ"
"ތީ އަދި ނޭގޭކަމެއް..އެކަމަކު ލޯކަން މިހާރު އިނގިރޭސިވިލާތުގެ ރިވާޓްއަކާއި މެރީކުރަން އުޅެނީ..އޭނަ ކުރިން ނުބައި މަގަކުން ދަނިކޮށް ހިދާޔަތް ލިބުނީކަމަށް ބުނި..ޖަލަށް ލުމުން ދިރިއުޅުން ބަދަލުވީޔޯ..އެކަމަކު ބާބިލްއަށް މެރިޖް ޕްރޮޕޯސަލް އައީ އެހެން މީހެއްގެ ފަރާތުން........."އާރިކް ފޯނު ހުޅުވާލާފައި ފޮޓޯއެއް ދެއްކުމާއެކު ބާބިލްގެ ހިތް އަވަސްވެގަތެވެ."މިއީ ވަރަށް ރަގަޅު ފްރެންޑެއް...ނަމަކީ ޖައިޝަން...."
ބާބިލްގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ."ތިކަމާ ވިސްނާނީ...އަވަނަށް ލާފައި އޮތް ޕައި ފިހޭވަސް ދުވަނީ...ހުރިހާ ކުދިން ސައިބޯން ހިނގާ.."
ބާބިލް ދުއްވައިގަތުމުން އޭނައަށް ބަލަން ހުރެވުނެވެ. އެއީ އެއްބަސްވުމުގެ ނިޝާނެއްކަމަށް އޭނަ ދެކުނެވެ.
***
އާރިކް މުރުތަސިމްއާއި ބައްދަލުކުރަން އެގެއަށް ދިޔައީ ޑޮކްޓަރެއްގެ ހައިސިއްޔަތުންނެވެ. މުރުތަސިމްގެ ހާލު ގޯސްވެ އަތުންފައިން ގޯހެއް ހަދާފާނެހެން ހީވެފައެވެ. މުރުތަސިމް އެޕޮއިންޓްމެންޓްތަކަށް ފަރުވާކުޑަކުރުމާއިއެކު ޒަވިއާރުގެ ފަރާތުންވެސް އޭނަގެ ނަފްސާނީ ހާލަތު ރަގަޅުނޫންކަން އެނގިގެން ޒިޔާރަތްކުރަން ނިންމީއެވެ. އެކޮޓަރިއަށް ވަންއިރު ފެނުނީ ހޮސްޕިޓަލުން އޭނަދެކުނު މުރުތަސިމްއެއްވެސް ނޫނެވެ. އެއަށްވުރެ ހާލު ދެރަވެ އެނދުން ނުތެދުވޭވަރުވެފައެވެ.