ވިމެންސް ކާވާ ކަޕް 2025 ގެ ސެމީފައިނަލުގައި ރޭންކިންގެ ހަތަރުވަނައިގައި އޮތް ބަންގްލަދޭޝް ބަލިކޮށް މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފިއެވެ.
ސެމީގައި ބަންގްލަދޭޝްގެ މައްޗަށް ރާއްޖެ ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގައި ދިވެހި ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވާއިރު، އެންމެ ބޮޑަށް ފާހަގަވީ ޓީމަށް ގެނައި ބަދަލުތަކެވެ.

ވިމެންސް ކާވާ ކަޕް 2025 ގެ ސެމީ ފައިނަލުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން
މެޗުގެ ސެޓުތައް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 25-17، 25-12 އަދި 25-12 ގެ ނަތީޖާއަކުންނެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ މިއަދު ހަވީރު ސެމީގައި އަފްގާނިސްތާނު ބަލިކޮށް ފައިނަލަށް ދަތުރުކުރި ކިރްގިސްތާނެވެ. މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެރޭ 20:50 ގައެވެ.

ވިމެންސް ކާވާ ކަޕް 2025 ގެ ސެމީ ފައިނަލުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން
އެ މެޗުގެ ކުރިން މާދަމާ ހަވީރު ކުޅޭ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ މިއަދުގެ ސެމީން ބަލިވި ދެ ޓީމު ކަމަށްވާ އަފްގާނިސްތާނާއި ބަންގްލަދޭޝް އެވެ. މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު 16:20 ގައެވެ.

ވިމެންސް ކާވާ ކަޕް 2025 ގެ ސެމީ ފައިނަލުގައި ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސަން
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. އެއާއެކު މުބާރާތުގެ ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗުވެސް އެސްއެސް ޓީވީއާއި ސަަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.