ދިރާގު ކަލަންޑަރުން ކަނޑުފަޅުތަކުގެ ގުޅުމާއި ރާއްޖޭގެ ގުޅުން

ދިރާގުގެ 2026 ވަނަ އަހަރުގެ ކަލަންޑަރު: އެއިން ދައްކުވައިދެނީ ކަނޑުފަޅުތަކުގެ ގުޅުމާއި ރާއްޖޭގެ ގުޅުން -- ފޮޓޯ/ ދިރާގު

ދިރާގުން "ކަނޑުފަޅުގެ ގުޅުންތަކުގެ އަހަރެއް" މި ޝިއާރުގެ ދަށުން އެކުލަވާލައިފައިވާ އެ ކުންފުނީގެ 2026ވަނަ އަހަރުގެ ކަލަންޑަރު މިއަދު ތައާރަފުކޮށްފިއެވެ.

މި ކަލަންޑަރަކީ ކަނޑުފަޅުތަކުގެ ދިރުންތައް އެކަތި އަނެކައްޗަށް ބަރޯސާވާ ފަދައިން، ދިވެހިރާއްޖޭގައި އެކަކު އަނެކަކު ގުޅުވައިދިނުމުގައި ދިރާގު އަދާކުރަމުން އަންނަ މުހިންމު ދައުރާއި ހުރި މާނަވީ ގުޅުމުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރު ތައާރަފުކުރަން ބޭއްވި ޚާއްސަ ހަފުލާއެއްގައި މި ކަލަންޑަރު ތައާރަފުކޮށްދެއްވާފައިވަނީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދެވެ. މި ހަފުލާގައި ދިރާގުގެ އިސްވެރިންގެ އިތުރުން ކަނޑުތަކާއި ތިމާވެށި ހިމާއަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި އަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ.

ހަފުލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ، އެ ކުންފުނީގެ މަގުސަދަކީ ކަލަންޑަރުގެ އެހީގައި ވަށައިގެންވާ ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރަން ކަނޑުފަޅުތަކުގެ ދިރުންތަކުގެ މުހިންމުކަން އަންގައިދީ، ކަނޑުތައް ރައްކާތެރިކުރަން ބާރުއެޅުން ކަމަށެވެ.

"ކަނޑުތައް ރައްކާތެރިކުރުމަކީ ދިރާގުގެ ސީއެސްއާރުގެ ތެރެއިން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއަކަށްވާއިރު އަޅުގަނޑުމެންގެ އުންމީދަކީ މި ކަލަންޑަރުގެ އެހީގައި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުން،" އޭނާ ވިދާޅުވިއެވެ.

މި ކަލަންޑަރުގައި ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކުގެ ރީތިކަން ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނާފައެވެ. އަދި، ކަލަންޑަރުގެ ކޮންމެ މަހެއް ޚާއްސަކޮށްފައިވަނީ ކަނޑުގައި ދިރިއުޅޭ ތަފާތު ދިރޭ ބާވަތްތައް އެކަތި އަނެކަތީގެ ދިރިހުރުމަށް އެއްބާރުލުންދޭ ގޮތުގެ މައްޗަށެވެ. މި ގުޅުންތައް ބިނާވެފައިވަނީ އިންސާނުންނާއި ކަނޑުގެ ދިރުންތައް ގުޅިލާމެހިފައިވާ ފަދައިން، ކަނޑުގެ ދިރުންތައް ވެސް ކެއިންބުއިމަށާއި ރައްކާތެރިކަމަށާއި ދިރިއުޅޭ ތަން ބިނާކުރުމަށް އެކަތި އަނެކައްޗަށް ބަރޯސާވާ ގޮތުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ގުޅުމުގެ ހައިސިއްޔަތުން ދިރާގަކީ ދިވެހިރާއްޖެ ގުޅުވާލައިދިން ކުންފުންޏެވެ. އަދި، ކަނޑަކީ ދިވެހިރާއްޖޭގައި އެކަތި އަނެކައްޗާއި ލާމެހިފައިވާ ގުޅުން ދައްކުވައިދޭ އެންމެ ވަރުގަދަ އެއް މިސާލެވެ.

ރަށްތަކުގެ ތިމާވެށި ދެމެހެއްޓުމަށް ވިލު، ފަޅު އަދި ކަނޑުގެ މެރިން އިކޯސިސްޓަމްގައި ދިރިއުޅޭ މަސްމަހާމެއްސާއި ސޫފާސޫފީގެ މެދުގައި އޮތް ގުޅުން މުހިންމުވާ ފަދައިން، އެކަކު އަނެކަކާ ގުޅުވާލަދީ، ފުރުސަތުތަކަށް މަގުފަހިކޮށްދިނުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ދިރާގަކީ މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް