ފަސޭހަކަމާއެކު އަފްގާނިސްތާން ބަލިކޮށް ކިރްގިސްތާނަށް ރަނގަޅު ފެށުމެއް

ވިމެންސް ކާވާ ކަޕުގައި އަފްގާނިސްތާނާއި ކިރްގިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ރާއްޖޭގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ސީނިއާ އަންހެން މުބާރާތް ކަމަށްވާ ވިމެންސް ކާވާ ކަޕް 2025 ގެ ފެށުން ކިރްގިސްތާނުން ރަނގަޅުކޮށްފިއެވެ.

ހަތަރު ގައުމާއެކު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގެ ފެށުން ކިރްގިސްތާނުން ރަނގަޅުކުރީ ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ކިރްގިސްތާނު ފެނުނީ ތަފާތުކޮށެވެ. އެގޮތުން ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-15 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގެ ބޮޑުބައި އަފްގާނިސްތާނުން ވަނީ ލީޑުގައި އޮވެފައެވެ.

ވިމެންސް ކާވާ ކަޕުގައި އަފްގާނިސްތާނާއި ކިރްގިސްތާނު ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ސަން

ނަމަވެސް ދެވަނަ ސެޓުގެ ފަހުކޮޅު ދެއްކި މޮޅު ކުޅުމާއެކު ކިރްގިސްތާނުން ވަނީ މި ސެޓު 26-24 އިން ފަހަތުން އަރާ ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓުގައި ކިރްގިސްތާނު ފެނުނީ ފުރަތަމަ ދެ ސެޓަށްވުރެ ވެސް ވަރުގަދަކޮށެވެ. ފަހު ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-11 ގެ ނަތީޖާއަކުންނެވެ.

ރާއްޖެއާއެކު މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ކިރްގިސްތާނު، ބަންގްލަދޭޝް އަދި އަފްގާނިސްތާނެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އެސްއެސް މީޑިއާއެވެ. މިމުބާރާތުގެ މެޗުތައް އެސްއެސްޓީވީ އަދި ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. އެގޮތުން ކޮންމެ މެޗަކަށްވެސް ހާއްސަ ކޮމެންޓަރީއަކާއި އެނަލިސްޓަކާއެކު މެޗުތަކުގެ މައުލޫމާތު ގެނެސްދޭއިރު، މި މުބާރާތުގެ ހުރިހާ މެޗެއްވެސް ގެނެސްދެނީ ސްޕޮންސަރުންގެ އެހީތެރިކަމާއެކު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު