ޖޭއެސްސީގެ ރައީސަކަށް އާދަމް މުހަންމަދު އަދި ނައިބް ރައީސް އަކަށް ޑރ. އަފްރާޝީމް އަލީ

10:47


ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމު، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ލ. މާވަށު ފަށުވިމާގޭ އަލްއުސްތާޒު އާދަމް މުހަންމަދު އަދި ނައިބު ރައީސް ކަމުގެ މަގާމަށް ޑރ. އަފްރާޝީމް އަލީ އިންތިހާބްކޮށްފި އެވެ.


ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާގޮތުގެ މަތިން އެކޮމިޝަންގެ ރައީސް އާއި ނައިބް ރައީސް އިންތިޚާބުކޮށްފައި އެކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރުންގެ މެދުގައި މިރޭ ބޭއްވި އިންތިހާބެއްގަ އެވެ.


އާދަމް މުހައްމަދު އެކޮމިޝަންގެ ރައީސް ކަމުގެ މަގާމު ކާމިޔާބު ކުރެއްވީ އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީއާ ވާދަކުރައްވައި ފަސް ވޯޓް ތިން ވޯޓުންނެވެ.


މީގެއިތުރުން އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ޑރ. އަފްރާޝީމް އަލީ އެމަގާމަށް ހޮވިވަޑައިގެންނެވީ ވެސް އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީއާ ވާދަކުރައްވައި ފަސް ވޯޓް ތިން ވޯޓުންނެވެ.


ޖޭއެސްސީގެ ރައީސްގެ ގޮނޑި ހުސްވީ އެ ގޮނޑި ކުރިން ފުރުއްވި އަލްއުސްތާޒު މުޖުތާޒު ފަހުމީ ސުޕްރީމް ކޯޓްގެ ބެންޗަށް ރައްޔިތުންގެ މަޖިލީހުން ނުނެންގެވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު