އެމެރިކާގެ ކުލަބު އިންޓަރ މަޔާމީއާއެކު އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ކުރިއަށްއޮތް ސީޒަނުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އުމުރުން މިހާރު 38 އަހަރުވެފައިވާ ފޯވާޑް އިންޓަ މަޔާމީއާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައިވާއިރު، މިއީ އޭނާ ކުލަބާ ގުޅުނުފަހުން އެއްބަސްވުން އައުކުރާ ތިންވަނަ ފަހަރެވެ.
ކުރިން ލިވަޕޫލާއި ބާސެލޯނާގައިވެސް ކާމިޔާބު އަހަރުތަކެއް ހޭދަކުރި ފޯވާޑް ވަނީ އިންޓަ މަޔާމީއާއެކު މިހާތަނަށް ބޮޑެތި ކާމިޔާބީތަކެއްގެ ހިއްސާވެފައެވެ.
އެގޮތުން 2023 ވަނަ އަހަރު ސްޕެއިންގެ ބާސެލޯނާ އިން ލުއިސް ސުއަރޭޒް އިންޓަރ މަޔާމީއަށް ބަދަލުވެ މިހާތަނަށް ވަނީ ނިމިދިޔަ ސީޒަނުގެ އެމްއެލްއެސް ކަޕްގެ އިތުރުން އީސްޓަން ކޮންފަރެންސްގެ ތަށި އުފުލާލާފައެވެ.
އިންޓަ މަޔާމީއާއެކު ސުއަރޭޒް ކުޅެމުން އަންނަނީ ބާސެލޯނާގެ ކުރީގެ ތަރި ލިއޮނަލް މެސީއާ އެކުގައެވެ. އޭނާ ވަނީ އެ ކުލަބަށް މިހާތަނަށް ކުޅެދިން 50 މެޗުގައި 17 ލަނޑު ޖަހާފައެވެ. އަދި ކުލަބުގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި 42 ލަނޑު ޖަހާފައެވެ.
އެއާއެކު ސުއަރޭޒް ވެފައިވަނީ އިންޓަ މަޔާމީގެ ތާރީހުގައި މިހާތަނަށް އެ ކުލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިން ދެވަނަ ކުޅުންތެރިޔާއަށެވެ.