ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމަށްދޭ އިނާމު ފައިސާގެ އަދަދު ބޮޑުކޮށްފި

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕުގެ ތާރީހުގައިވެސް އެންމެ އަގުބޮޑު ފައިސާގެ އިނާމު ހުށައެޅިި މުބާރާތަކަށް އަންނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ވެއްޖެއެވެ.

އެންމެ އަގުބޮޑު ފައިސާގެ އިނާމުދޭ ވޯލްޑްކަޕަކަށް އެމެރިކާއާއި މެކްސިކޯ ގުޅިގެން ބާއްވާ ވޯލްޑްކަޕް ވެފައިވަނީ ގަތަތުގެ ވެރިރަށް ދޯހާގައި ބޭއްވި ފީފާ އެކްސްކޯ ބައްދަލުވުމުގައި ނިންމި ނިންމުންތަކާއެކު އެވެ.

އެގޮތުން އެންމެ ބޮޑު ނިންމުމެއްގެ ގޮތުގައި ނިންމާފައިވަނީ މުބާރާތް ކާމިޔާބުކުރާ ގައުމަކަށްދޭ އިނާމު ފައިސާއެވެ. މި ފައިސާގެ އަދަދު ވަނީ 50 މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައެވެ.

މީގެއިތުރުން ދެން ނިންމި ނިންމުމަކީ ބައިވެރިވާ ޓީމަކަށްދޭ އިނާމު ފައިސާއެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ޓީމުތަކަށް 727 މިލިއަން އެމެރިކާ ޑޮލަރު ދޭން ވަނީ ފާސްކޮށްފައެވެ. އޭގެތެރެއިން 655 މިލިއަން ޑޮލަރު ދިނުމަަށް ހަމަޖެހިފައިވަނީ އެ ޓީމެއް މުބާރާތުގައި ދަތުރުކުރާ ހިސާބަށް ބެލުމަށްފަހު އެވެ.

ގްރޫޕް ސްޓޭޖާ ހިސާބުން މުބާރާތާ އަލްވަދާއު ކިޔާ ޓީމަކަށް 9 މިލިއަން ޑޮލަރު، އަދި ކުއާޓާއާ ހިސާބުން ވަކިވާ ޓީމަކަށް 33 މިލިއަން ދިނުމަށް ވަނީ ފާސްކޮށްފައެވެ.

އިނާމު ފައިސާތަކުގެ އަދަދު ބޮޑުކުރިއިރު، ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗު ޓިކެޓުގެ ފައިސާ ގެ އަދަދު ބޮޑުވުމެވެ.

އެންމެފަހުން ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާއަށް ވަނީ އިނާމު ފައިސާގެ ގޮތުގައި 42 މިލިއަން ޑޮލަރު ދީފައެވެ. އޭގެކުރިން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފްރާންސަށް ވަނީ 38 މިލިއަން ޑޮލަރު ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު