ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިޔާއަށް ފީފާއިން ދޭ "ދަ ބެސްޓް" އެވޯޑު ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭއަށް ލިބިއްޖެއެވެ.
މި އެވޯޑު އިއުލާނުކޮށްފައިވަނީ ރޭ ގަތަރުގައި ބޭއްވި އެވޯޑު ހަފުލާފައެވެ. ބެލޮންޑޯ އެވޯޑުވެސް ހާސިލުކޮށްފައިވާ އުމުރުން 28 އަހަރުގެ ޑެމްބެލޭ ވަނީ ހުސްވި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
އެގޮތުން އޭނާ ވަނީ ޕީއެސްޖީއަށް ފްރެންޗް ކަޕާއި ފްރެންޗް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްދީފަ އެވެ. މީގެއިތުރުން ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 53 މެޗުގައި އޭނާ ވަނީ 51 ލަނޑު ޖަހާފައެވެ.
ފީފާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑު ލިބުނު އަންހެން ކުޅުންތެރިޔާއަކީ ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އަކީން އެވެ.
މިވަގުތު ކުޅުމާ ދުރުގައި ހުރި ބޮންމާޓީއަކީ ފީފާ ދެ ބެސްޓް އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދި ކުޅުންތެރިޔާއެވެ.
ބޮންމާޓީއަކީ އަންހެން ކުޅުންތެރިންގެ ތެރެއިން ނިމިދިޔަ ތިން އަހަރުވެސް ބަލޮންޑޯ އެވޯޑް ހާސިލްކުރި ކުޅުންތެރިޔާއެވެ.