ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި ވެންޓިލޭޓަރުގައި ފަރުވާ ދެނީ

އައިޖީއެމްއެޗް ކުރިމަތި -- ފޮޓޯ/ މާނިއު މުހައްމަދު

ގއ. ދިޔަދޫގައި ހުންނަ ވެމްކޯ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފަކަށް ޑީސަލް ބޮވި، އެ ފުއްޕާ މެއަށް އެޅި ހާލު ސީރިއަސްވެ ފަރުވާ ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑީސަލް ބޮވި، ފުއްޕާމެއަށް ދިޔުމުގެ ސަބަބުން ނޭވާލުމަށް ދަތިވެގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދެމުން އައީ ގއ. ވިލިނގިލި ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އެ މުވައްޒަފު އޮތީ އައިޖީއެމްއެޗުގައެވެ.

އެނގިފައިވާ ގޮތުގައި މި ވަގުތު އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ނަމަވެސް ހާލު ސްޓޭބަލްކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ފަހުން ސަރުކާރު ކުންފުންޏެއްކަމަށްވާ ސްޓެލްކޯގެ މުވައްޒަފު ވަނީ ވަޒީފާގެ ތެރޭ ދިމާވި ހާދިސާއެއްގެ ސަބަބުން މަރުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް