ހާލަންޑުގެ ޕެނަލްޓީން ރެއާލް ބަލިކޮށް ސިޓީއަށް ހަތަރުވަނަ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ވަރުގަދަ ރެއާލް މެޑްރިޑް ކޮޅަށް އާލިން ހާލަންޑް ވައްދާލި ޕެނަލްޓީއާއެކު މެންޗެސްޓަރ ސިޓީ މޮޅުވެ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

މެޑްރިޑްގެ ސެންޓީއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުން މޮޅުވުމާއެކު ސިޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. މި ބައްޔާއެކު ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. އެއީ ލިބުނު 12 ޕޮއިންޓާއެކު އެވެ.

މެޗުގައި ރެއާލް މެޑްރިޑުގެ ތަރި ކީލިއަން އެމްބާޕޭ ނުކުޅެއެވެ. އެއީ އޭނާއަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެންނެވެ.

ރެއާލުން އެންމެ ފުރަތަމަ ލީޑުނެގި މި މެޗުގެ 28 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ރެއާލަށް ކުރިހޯދަދީފައެވެ. މިއީ ޖޫޑް ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެެވެ.

މި ލީޑު ރެއާލަށް ހިފަހައްޓާލެވުނީ ހަތް މިނިޓަށެވެ. އެ ލަނޑަށްފަހު ސިޓީން ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ނިކޯ އޮރެއިލޭއެވެ.

މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު ހާލަންޑު ޖެހީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށެވެެ. ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އާލިން ހާލަންޑް އެ ޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން އިރު މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނެވެ.

މި ބައްޔާއެކު އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ރެއާލުގެ ކޯޗު ޒަބީ އަލޮންސޯއަށެވެ. އެއާއެކު އޭނާ ވަކިކުރަން ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު