ބޮޑު ކަންނެލި މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުން އަވަސްކުރަން ޖެހޭ: ސިޔާމް

މަސް މާރުކޭޓު ސަރަހައްދު: ބޮޑު ކަންނެލި މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުން އަވަސްކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ކަންނެލި މަސް ކިރުވުމުގައި ހުރި ދަތިތަކާއި އެ މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލު ކުރުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާކަމަށް އެމްޑީއޭގެ ރައީސް އަދި ދ.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ދެއްވި ޚިތާބުގައި ވިދާޅުވީ، މިއަދު ވެސް ރާއްޖޭގެ ގިނަ އަދަދެއްގެ އާއިލާތަކެއްގެ އާމްދަނީ ބިނާވެފައިވަނީ މި މުހިންމު މަސައްކަތުގެ މައްޗަށް ކަމަށެވެ.

އެހެންކަމުން، މަސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި, އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސްވެރިކަމާ ގުޅުންހުރި ހުރިހާ އެންމެން މަސައްކަތް ކުރުން މުހިންމު ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސަން ސިޔާމް ކުންފުނީގެ ބާނީ އަހްމަދު ސިޔާމް މުޙައްމަދު: ވިދާޅުވީ، ބޮޑު ކަންނެލި މަސްވެރިންނަށް ފައިސާ ލިބުމުގައި ހުރި ދަތިތައް ހައްލުކުރުން އަވަސްކުރަން ޖެހޭ ކަމަށް -- ސަން ފޮޓޯ: މުހައްމަދު އަފްވާން

އެމަނިކުފާނު ވިދާޅުވީ، ބާނާ މަސް ކިރުވުމުގައި ހުރި ދަތިތަކާއި މަހަށް އެކަށީގެންވާ އަގު ނުލިބުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް, މަސްކިރުމުގައި ދިމާވާ ދަތިތަކާއި ކިރި މަހަށް ފައިސާ ލިބުމުގައި ދިމާވާ ދަތިތަކަށް ވެސް އަވަސް ޙައްލެއް ބޭނުންވާ ކަން ސިޔާމް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބާޒާރުގައި އެންމެ ރަނގަޅު އަގު ލިބޭ އުފެއްދުންތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ހެދުމަށް ކަމާގުޅޭ ހުރިހާ ފަރާތްތަކަކުން ގަދައަޅާ މަސައްކަތް ކުރުމަށް ސިޔާމް އިލްތިމާސް ކުރެއްވެވިއެވެ.

އެ މަނިކުފާނު ވަނީ ރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި, އެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ, ރާއްޖޭގެ ހުރިހާ ހިސާބެއްގައި މަސައްކަތް ކުރާ ހީވާގި އަދި ކެތްތެރި މަސްވެރިންނަށާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ އެންމެނަށް އަރިސް ކުރައްވައިފައެވެ.

https://sun.mv/215061

ސިޔާމް އެ ފަދައިން ވިދާޅުވިއިރު، މިހާތަނަށް ބޮޑު ކަންނެލި މަސްވެރިންނަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިއަދު އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް