މި ސަރުކާރުގައި މީގެ ކުރިން، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ކަން ކުރެއްވި ޝަހީދު އިބްރާހިމް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް އައްޔަނުކޮށްފިއެވެ.
ޕޯސްޓްގެ ޑީއެމްޑީކަމަށް ޝަހީދު އައްޔަންކުރިއިރު، އޭނާ ޕޯސްޓްގެ ބޯޑަށް އައްޔަންކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިއުލާން ކުރީ އިއްޔެއެވެ.
ޝަހީދު ވެމްކޯގެ ޑީއެމްޑީކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހެވެ. ނަމަވެސް މަގާމަށް އަހަރެއް ވެސް ނުވަނީސް އޭނާ ވަކިކުރީ މިދިޔަ ޑިސެންބަރު މަހުގައެވެ.
ޝަހީދު ވަނީ ކުރިން އެމްއެންޑީއެފްގައި 17 އަހަރު ޚިދުމަތް ކުރައްވައިފައެވެ. އޭގެ ފަހުން ޕީޕީއެމާއި ޕީއެންސީގެ އިސް ސަފުގައި ހަރަކާތެރިވެފައިވާއިރު، އޭނާއަކީ މިހާރު ވެސް ޕީއެންސީގެ ސެނެޓް މެންބަރެކެވެ.