އިޙުސާނަށް ފުލުހުން ނުބެލެހެއްޓެނީ ކުދި ކުށްކުށުގައި "ވާނުވާ" ޖެހުން ފަދަ ކަންކަން ކުރާތީ، އިސްތިއުފާދެއްވާ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ޔާމީން ވަނީ އިޙުސާންގެ އިސްތިއުފާއަށް ގޮވާލައްވައިފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާނަށް ފުލުހުންގެ މުއައްސަސާ ނުބެލެހެއްޓެވޭ ކަމަށް ދެންނެވީ ކުދިކުދި ކުށްކުށުގައި ހައްޔަރުކުރާ މީހުންނަށް "ވާނުވާ" ބަންދު ޖެހުން ފަދަ ސަބަބުތަކާ ހެދި ކަމަށް ވިދާޅުވެ، އޭނާ އިސްތިއުފާދެއްވުމަށް، ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ސިލްސިލާކޮށް ކޮންމެ ހަފުތާއަކު އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ބާއްވާ ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ، ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކާކަށް ނުޖެހޭނެ ކަމަށް އިޙުސާން ލިޔުއްވި ޕޯސްޓަށް ރައްދުދެއްވައިފައެވެ.

ޔާމީން ވިދާޅުވީ، ގާނޫނު އިސްލާހުކުރެވެން ދެން "ވާނުވާ" ބަންދުގައި މަސްތުވާތަކެއްޗާއި މާރާމާރީއާއި ޓެރަރިޒަމްގެ ރެކޯޑު އޮންނަ ބޮޑެތި ކުށްކުރާ މީހުން ބެހެއްޓޭނެ ގޮތަށް ޕްރޮސެކިއުޓަރު ޖެނެރަލަށް ހެދޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުން ވެސް ކަންފަސޭހަ ކުރަނީ ކަމަށާއި، ހައްޔަރުކުރާ މީހުން ބަންދުގައި ބަހައްޓަންވީ ސަބަބު ޕްރޮސެކިއުޓަރު ޖެނެރަލް އަރިހުގައި ފަނޑިޔާރުންނަށް އެއްސެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ބުނަނީ ބޮޑެތި ކުށްތަކުގެ ވާހަކަ، ޖިނާއީ ބޮޑެތި ކުށްތަކުގެ ވާހަކަ މި ދައްކަނީ، އޭގެ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ވާނަމަ ފަސް އަހަރަށް ވުރެ ދަށުގެ ހުކުމެއް ނާންނަ ވަރުގެ ބޮޑެތި މައްސަލަތަކުގެ ވާހަކަ، އެކަމަކު އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ފެނިގެން މި ދަނީ ކުދިކުދި ކަންތަކުގަވެސް ފުލުހުން މިހުންނަނީ މީހުންގެ މައްޗަށް ވާނުވާ ޖަހައިފަ،" ޔާމީން ވިދާޅުވިއެވެ.

އެހެންވެގެން އަޅުގަނޑު މި ދައްކަނީ ފުލުހުންގެ މުއައްސަސާގަ މިކަން ހިނގާގޮތް އައްޕަތުރޭއަކަށް ނުބެލެޔޭ، އޭނައަށް ނުބެލޭ، ކިތަންމެ ރުޅި އައިއްސަ ރައީސް ޔާމީނަށް ފުރުސަތު ލިބުނޭ ރަނގަޅުކުރަން ބުނާއިރު މީނައަށް ލިބިއްޖެ ދެ އަހަރު، ކޮން ކަމެއްތޯ މީނަ ކުރީ؟ކުރީގެ ރައީސް ޢަބްދުالله ޔާމީން

މުޅި ފުލުހުންގެ އިސްވެރިން ސަސްޕެންޑްކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ފާސްނުކުރެވޭނެ ކަމަށް ޔާމީން މިރޭވެސް ވިދާޅުވެ، އެމަނިކުފާނު ވަނީ އިހުސާނަށް ފުލުހުން ދިފާއުނުކުރެވޭ ނަމަ އިސްތިއުފާދެއްވުމަށް ގޮވާލައްވައިފައެވެ. ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތިއުފާއަށްވެސް ޔާމީން ގޮވާލެއްވިއެވެ.

ރައީސާއި ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނު އަވަހާރަކޮށްލަން ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ، އެ ހާދިސާ ތަހުގީގުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ކަމަށާއި، ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެސް، މި ސަރުކާރުން ވެސް އެ މައްސަލަ ނުބަލާ ކަމަށެވެ.

"މި މުއައްސަސާތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފަ އޮންނަ ކަންކަން ނުކުރެވިގެން އުޅޭއިރު ނުކުމެ އެހެން މީހުންގެ ވާހަކަ މި ދައްކަނީ،" އިހުސާނަށް ވަރަށް ބޮޑަށް ޔާމީން ފާޑުވިދާޅުވިއެވެ.

https://sun.mv/214889

ޑުރަގާ ދެކޮޅަށް މިދިޔަ މަހުގެ އެއްވަނަ ދުވަހު މުޅި ރާއްޖޭގައި ފެށި، އަލިމަގު އޮޕަރޭޝަންގައި އައްޑޫ ސިޓީގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރާ އެއް ނެޓްވޯކްގެ އިސް މީހުންތަކެއް ހައްޔަރުކުރި މައްސަލައަށް އިޝާރާތްކުރައްވައި، އަދި ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބުކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އިޝާރާތްކުރައްވައި ޔާމީން ވަނީ، އިޙުސާން މަރުގެ އަދަބު ދިނުމަށް ޗެލެންޖުކުރައްވައިފައެވެ.

"އަޅުގަނޑުމެން ބަލަން މިތިބީ، ދީބަލަ މަރުގެ އަދަބު، ތި ގާނޫނެއް ނުހިންގޭނެ ރާއްޖެއަކު،" ޔާމީން ވިދާޅުވިއެވެ.

"ބޯ ބުރިކުރަންވީ، އަތް ބުރިކުރަންވީ" މި ސަރުކާރުގައި ތިއްބެވި ވެރިންގެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވެރިކަމުގައި ކަން ކުރިނަމަ، ސިޓިން ރޫމްގައި ފުލުހުންގެ ވާހަކަދައްކާކަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިހުސާން ވަނީ ޔާމީނަށް ރައްދު ވެސް ދެއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ފުލުހުންގެ މުއައްސާސައަށް އާންމުންގެ އެތައް ފާޑުކިޔުމެއް ވަނީ އަމާޒުވެފައެވެ. އެއީ، ސަރުކާރުގެ މަގާމުތަކުގައި ތިބޭ ބޭފުޅުން ތަހުގީގުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި ތަހުގީގުތަކުގައި ފުލުހުން އިންސާފުވެރިކޮށް އަމަލުނުކުރާ ކަމަށް ބުނެއެވެ.

comment ކޮމެންޓް