ގޫގުލްގެ އޭއައި މަޝްރޫއަށް އަދާނީ ގުރޫޕުން ފަސް ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ

މި އިންވެސްޓްމަންޓާއެކު ޑޭޓާ ސެންޓަރުގެ ވިޔަފާރީގައި އަދާނީ ގްރޫޕްގެ ހިއްސާ އިތުރަށް ފުޅާވެގެންދާނެ ---

އަލްފަބެޓްގެ ދަށުން ހިންގާ ގޫގުލްއިން އިންޑިއާގައި އަޅާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުގެ މަޝްރޫޢަށް ފަސް ބިލިއަން އެމެރިކާ ޑޮލަރު އާ ހަމައަށް އިންވެސްޓްކުރުމަށް، އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި އަދާނީ ގްރޫޕުން ނިންމައިފިއެވެ.

މި އިންވެސްޓްމަންޓަކީ އިންޑިއާގެ އޭއައި ދާއިރާގައި ކުރިއެރުން ހޯދުމަށް އަދާނީ ގްރޫޕުން ކުރާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ތެރެއިން ގާއިމުކުރާ ޑޭޓާ ސެންޓަރުގެ ކެމްޕަސް ހުންނާނީ ދެކުނު އިންޑިއާގެ އަންދްރާ ޕްރަދޭޝް ސްޓޭޓްގެ ބަނދަރު ރަށް ކަމަށްވާ ވިޝާކަޕަޓްނަމްގައެވެ. މި ކެމްޕަސްގެ ފުރަތަމަ ފިޔަވަހީގައި އެއް ގިގަވޮޓްގެ ކަރަންޓުގެ ގާބިލިއްޔަތެއް ހުންނާނެއެވެ.

https://sun.mv/212643

މި އިންވެސްޓްމަންޓަކީ އިންޑިއާގައި ޑޭޓާގެ ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އެ ގައުމުގެ ޑޭޓާ ސެންޓަރުގެ ދާއިރާއަށް ވެދާނެ ވަރަށް ބޮޑު އެހީއެކެވެ.

އަދާނީ ގްރޫޕްގެ މި ނިންމުން ހާމަކުރައްވާފައިވަނީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޖުގޭޝިންދަރު ސިންގްއެވެ. އޭނާ ވިދާޅުވީ މި މަޝްރޫޢަކީ ގޫގުލްގެ އޭއައި އިންފްރާސްޓްރަކްޗާ ހަބެއްގެ ގޮތުގައި ދެކެވޭ މަޝްރޫޢެއް ކަމަށާއި، މިއީ އިންޑިއާގެ ޓެކްނޮލޮޖީގެ ކުރިމަގަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މި އިންވެސްޓްމަންޓަކީ އިންޑިއާގެ ޑޭޓާ ސެންޓަރުގެ ދާއިރާގައި އަދާނީ ގްރޫޕުން ބޮޑު ހިއްސާއެއް ނަގަން ބޭނުންވާކަން ހާމަކޮށްދޭ ކަމެކެވެ.

ގޯތަމް އަދާނީގެ އަދާނީ ގްރޫޕަކީ މިހާރުވެސް އިންޑިއާގެ ޑޭޓާ ސެންޓަރު މާކެޓުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން ގެންދަނީ އެމެރިކާގެ 'އެޖްކޮނެކްސް' އާ ގުޅިގެން، "އަދާނީކޮނެކްސް"ގެ ނަމުގައި ޖޮއިންޓް ވެންޗާއެއް ހަދައި، ޑޭޓާ ސެންޓަރުތައް ބިނާކުރަމުންނެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު، މިފަދަ ސިސްޓަމްތައް ހިންގުމަށް އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ކަރަންޓު ބޭނުންވެއެވެ. އަދާނީ ގްރޫޕަކީ އިއާދަކުރަނިވި ހަކަތަ (ގްރީން އެނާޖީ) އުފެއްދުމުގައި އިންޑިއާގައި އެންމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމަށްވާތީ، ގޫގުލް ފަދަ ކުންފުނިތަކަށް ބޭނުންވާ ސާފު ހަކަތަ ފޯރުކޮށްދިނުމުގެ ގާބިލިއްޔަތު އެ ކުންފުނީގައި އެބަހުއްޓެވެ.

މިއީ ގޫގުލްއިން އިންޑިއާގައި ފުޅާކުރަމުންދާ އޮޕަރޭޝަންތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު