ޕާޓީތަކުގެ ދަފުތަރުން އައިޑީޕީގެ ނަން އުނިކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި އާދިއްތަ ދުވަހު ހައިކޯޓަށް ހުށަހަޅާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ

00:31


ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ ނަން އުނިކުރަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި އަންނަ އާދިއްތަ ދުވަހު ހައިކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އައިޑީޕީގެ ކުރީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.


ހައިކޯޓަށް އެ މައްސަލަ ހުށަހެޅުމަށް ނިންމީ، ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އައިޑީޕީގެ ނަން އުނިކުރަން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް މަދަނީ ކޯޓުގައި ކުރި ދައުވާ އަކީ، އެ ކޯޓުގައި ކުރިޔަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށާއި އެ މައްސަލައަކީ ހައިކޯޓުގެ އިހްތިސާސުގެ ތެރޭގައިވާ މައްސަލައެއް ކަމަށް މަދަނީ ކޯޓުން ހުކުމްކޮށްފައިވާތީ ކަމަށް އުމަރު ވިދާޅުވި އެވެ. މީގެ އިތުރުން، އަންނަ އާދިއްތަ ދުވަހު މި މައްސަލަ ހައިކޯޓަށް ހުށަހަޅަން އޮތީ ތައްޔާރަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.  


2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އުފައްދާ، އުމަރު ނަސީރު ރައީސްކަން ކުރެއްވި އައިޑީޕީ އުވާލި ކަމަށް އޭނާގެ ފަރާތުން އިއުލާނު ކުރެއްވީ މި އަހަރު ޖެނުއަރީ މަހުގައި ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސް އަކުން ޕާޓީ އުވާލުމަށް ފާސް ކުރުމަށް ފަހު އެވެ. ޕާޓީ އުވާލީ ހާޒިރުވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންނަމަވެސް، އޭގެ ފަހުން ފެބުރުއަރީ މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، އައިޑީޕީ އުވާލުމަށް އެ ޕާޓީން ހުށަހެޅި ނަމަވެސް ގާނޫނީ ހަމަތަކުން ބަލާއިރު އައިޑީޕީ އުވައި ނުލެވޭ ކަމަށެވެ.  


އެހެންކަމުން ވާދަވެރި ޑީއާރްޕީގެ ނައިބުލީޑަރު އުމަރު ނަސީރު މަސައްކަތްކުރައްވަމުން ގެންދަވަނީ، އައިޑީޕީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކޯޓު އަމުރެއް ހޯއްދެވުމަށެވެ.  

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު