ދިވެހީން ޒީނަތްތެރިވާއިރު، އެ ދުވަސްވަރެއްގައި އޮންނަ ޓްރެންޑަކަށް އަމަލުކުރުމުގެ އުސޫލު ގެންގުޅެއެވެ. ޚާއްސަކޮށް އަންހެނުންގެ ތެރޭގައި އެ އުސޫލު ބޮޑެވެ. އެގޮތުން، މިހާރު އަންހެނުންގެ ތެރޭގައި އެންމެ މަގުބޫލު އަބާޔާގެ އެކި ވައްތަރުތައް ފެނެއެވެ. އެންމެން ވެސް ބޭނުންވަނީ ހެޔޮ އަގުގައި އަބާޔާ ގަންނާށެވެ. އެގޮތުން، އެކަމަށް އެންމެ އެކަށީގެންވާ ފިހާރައަކީ ފަށުވިފޭރާމެވެ.
ހުޅުމާލެ، ރަބަރުގަސްމަގު ނުވައެއްގައި ހުންނަ ފަށުވިފޭރާމުން ވަނީ، ދެވަނަ އަހަރީ ސޭލް އިއްޔެ ފަށާފައެވެ. އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ސޭލްގައި، އަބާޔާތަކުން މިއަހަރުގެ އެންމެ ބޮޑު ޑިސްކައުންޓު ދިނުމަށް އެ ފިހާރައިން ވަނީ ނިންމާފައެވެ.
އެގޮތުން ޑިސްކައުންޓު ލިބޭ ބައެއް އަބާޔާތަކުގެ ތެރޭގައި،
- އެމްބްރޮއިޑަރީ އަބާޔާއެއް މި ސޭލްގައި ވަނީ 750 ރުފިޔާއަށް ދަށްކޮށްފައި
- ހެވީ ބީޑެޑް އަބާޔާއެއް 850 ރުފިޔާއަށް
- ސިމްޕަލް އަބާޔާ 600އަށް
- ކޯޑް ސެޓުތައް ލިބެނީ 300އަށް

ފަށުވި ފޭރާމުގެ އަބާޔާތަކާއި ދަބަސްތަކެއް: މިހާރު ކުރިއަށްދާ ޕްރޮމޯޝަނުގައި ޑިސްކައުންޓުތައް ލިބޭނެ ---
އެނޫނަސް އެހެން އަބާޔާތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުޓު އަގުގައި ތަކެތި ލިބޭނެއެވެ. މި ފިހާރައިގެ އަބަޔާތައް ޚާއްސަ ވާ ސަބަބަކީ، މިއީ ދުބާއީން ގެންނަ އެންމެ ފަހުގެ ކޮލިޓީގެ އަބާޔާތަކަށް ވާތީއެވެ. ސައިޒު 50އިން 60އާ ހަމައަށް އެކި ކުލަތަކުގެ އަބާޔާތައް ލިބޭއިރު، ކުޑަކުދިންގެ އަބާޔާތައް ވެސް މި ފިހާރައިން ލިބޭނެއެވެ.
މި ހަފުތާގައި ފަށުވި ފޭރާމުން ވަނީ އިތުރު ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެއީ ފިހާރައަށް ގޮސްގެން ބައިވެރިވެވޭ ޕްރޮމޯޝަނެއް ކަމަށްވާއިރު، ކޮންމެ ރެއަކު ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ގިފްޓް ހެމްޕާއެއް ލިބޭނެއެވެ.

ފަށުވި ފޭރާމުން ލިބޭ އަބާޔާތަކެއް: މި ފިހާރައިން އެކި ޑިޒައިންތަކުގެ އަބާޔާތައް ގަންނަން ލިބޭ ---
މި ޕްރޮމޯޝަން ވެސް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ސެންޓާއި ދަބަސްތަކުން ވެސް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ. މި ފިހާރައިން ލިބެން ހުރީ، ލަތާފާ، އަފްނާން ފަދަ ނަން މަޝްހޫރު ބްރޭންޑުތަކުގެ ސެންޓުތަކެވެ.
މިއީ ކަސްޓަމަރުންނަށް ރަނުގެ ފުރުސަތެއް ކަމަށްވާއިރު، ފޭސްބުކް، ޓިކްޓޮކް އިންސްޓަގްރާމް ޕޭޖު މެދުވެރިކޮށް ފަށުވިފޭރާމުން އޯޑާ ކޮށްލެވޭނެއެވެ. ކޮންމެ މަހަކު އަބާޔާ ޕްރީ އޯޑާތައް ނަގާއިރު، ފަށުވިފޭރާމުން އެޑްވާންސަށް ކަސްޓަމަރުންގެ އަތުން ފައިސާއެއް ނުނަގައެވެ. ފައިސާ ނަގަނީ އަބަޔާ ޑެލިވަރީ ކޮށްލަން ވުމުންނެވެ.
މި ފިހާރައިން މާލެއާއި ހުޅުމާލޭގެ އިތުރަށް ބޯޓުތަކަށް ވެސް ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދެއެވެ.