ޖޫން އެކަކުން ފެށިގެން، އާސަންދައިން އައިނު ހައްދަން ދޭ ރުފިޔާ 2،000 އަށް ބޮޑުކުރަނީ

އައިކެއާއިން ވިއްކާ އައިނުތަކެއް: ރައީސް މުއިއްޒު ވިދާޅުވީ ޖޫން އެކަކުން ފެށިގެން އައިނު ހައްދަން ދޭ ރުފިޔާ 2،000 އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް -- ސަން ފޮޓޯ

އަންނަ ޖޫން މަހު އެކަކުން ފެށިގެން އައިނު ހައްދަން އާސަންދައިން ދޭ ރުފިޔާ 2،000 ރުފިޔާ އަށް ބޮޑުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކަން އިއުލާނުކުރެއްވީ، ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާގައެވެ.

އެ ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތަށް ރައްކާކުރެވޭ ފައިސާއިން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚަރަދުކޮށްދޭނެ ކަމަށެވެ.

ދެ އަހަރުން އެއް އަހަރު އައިނު ހައްދަން ލިބޭ 1،000 ރުފިޔާ ދެ ބޮޑުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެގޮތުން، އެކަމަށް ޓަކައި ބޭނުންވާ ހަދަން ޖެހޭ ހުރިހާ ހިސާބުތަކެއް ހަދާ ނިންމައި މިހާރު ދޭ ރުފިޔާ ބޮޑުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖޫން އެކަކުން ފެށިގެން އައިނު ހައްދަންދޭ 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކުރެވިގެންދާނެ. އެއީ މިގޮތަށް ސޭވްކުރާ ސޭވްކުރުމުން ރައްޔިތުންނަށް ކޮށްދޭ ކަމެއް

އެކަމުގެ އިތުރުން ވެސް ކުރަން ހުރިކަންކަން ކޮށްދެމުން އަންނަ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނަމްބަރު އައިނު ހައްދަން ޖެހޭ މީހުންނަށް އާސައިންދައިން ލިބޭ 1،000 ރުފިޔާގެ އިތުރުން ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

comment ކޮމެންޓް