ކުރީގެ ޗެޓްތަކަށް ރިފަކުރެވޭގޮތަށް ޗެޓްޖީޕީޓީގެ މެމޮރީ އަޕްގްރޭޑްކޮށްފި

އެންމެގިނަބަޔަކު ބޭނުންކުރާ އޭއައި ޗެޓްބޮޓް - ޗެޓްޖީޕީޓީ

ކުރީގެ ޗެޓްތަކަށް ރިފަކުރެވޭގޮތަށް ޗެޓްޖީޕީޓީގެ މެމޮރީ އަޕްގްރޭޑްކޮށްފިއެވެ.

މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން ބުރާސްފަތި ދުވަހު އިޢުލާނުކޮށްފައިވަނީ ޗެޓްޖީޕީޓީގެ މެމޮރީ ފީޗާ އަޕްގްރޭޑްކޮށްފައިވާ ކަމަށެވެ. މި އަޕްގްރޭޑާއެކު، ޗެޓްޖީޕީޓީއަށް ބޭނުންކުރާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ޕްރެފަަރެންސްތައް ހަނދާންކުރުމުގެ އިތުރުން، ކުރީގެ ޗެޓްތަކަށް ވެސް ރިފަކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި އައު ފީޗާގެ ސަބަބުން ޗެޓްބޮޓަށް ބޭނުންކުރާ ފަރާތްތަކާއެކު އެއްވެސް ހުރަހެއްނެތި ޠަބީޢީ ގޮތެއްގައި ވާހަކަދެއްކުމަށް މަގުފަހިވެގެންދާނެ ކަމަށާއި، އަދި އެއީ އެކުވެރިއެއްގެ ގޮތުގައި ފެންނާނެކަމަށް އޯޕަން އޭއައި އިން ބުނެފައިވެއެވެ. މި ފީޗާ މިހާރު ވަނީ ޗެޓްޖީޕީޓީގެ ވަކި ޚާއްސަ ޕެއިޑް ޓިއާތަކަށް ތަޢާރަފުކުރަން ފަށާފައެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި އޯޕަން އޭއައި އިން ބުނެފައިވަނީ މި އައު މެމޮރީ އަޕްގްރޭޑް ވަނީ ޗެޓްޖީޕީޓީ ޕްލަސް އަދި ޕްރޯ ސަބްސްކްރައިބަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢާރަފުކުރަން ފަށާފައި ކަމަށެވެ. ނަމަވެސް، ޑޭޓާ ޕްރައިވަސީ ގަވާއިދުތަކާ ގުޅިގެން، ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ)، ލީޚްޓެންސްޓައިން، އައިސްލަންޑް، ނޯވޭ، ސުވިޒަލޭންޑް އަދި އިނގިރޭސިވިލާތުގައި މި ފީޗާ ތަޢާރަޢާރަފުކުރުމުގެ ޕްލޭނެއް ނެތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އޯޕަން އޭއައި އިން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ހަފުތާތަކުގައި މި ފީި ފީޗާ ޓީމް، އެންޓަޕްރައިޒް އަދި އެޑިޔު ޔޫޒަރުންނަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މެމޮރީ ފީޗާ ފުރަތަމަ ތަޢާރަފުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޕެއިޑް ސަބްސްކްރައިބަރުންނަށް ކަމަށާއި، އޭގެ ފަހުން ހުރިހާ ޔޫޒަރުންނަށް ފުޅާކޮށްފައިވާ ކަމަށް ވެސް އޯޕަން އޭއައިއިން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު