Dhiraagu
Dhiraagu

ނިޔަފަތީގައި ހުދު ލައްތަކެއް ހުންނަނީ އާއިލާ މީހުން ރުޅި އަންނާތީތަ؟

ނިޔަފަތީގައި މާޖެހުން: ވަރަށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެއް--ފޮޓޯ/ހެލްތުހާވަޑްއީޑީޔޫ

ނިޔަފަތީގައި ހުންނަ ހުދު ލައްތައް ނުވަތަ މާޖެހުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިއީ ވަކި އުމުރަކަށް ޚާއްސަ ކަމެއް ނޫނެވެ.

ADK GENERAl

ޒަމާނުއްސުރެ އަޅުގަނޑުމެންނަށް އިވެމުން އަންނަނީ ނިޔަފަތީގައި މި ހުންނަ ހުދު ލައްތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނައެއް އޮންނަ ކަމަށެވެ.

ބައެއް މީހުން ބުނާގޮތުގައި އެމީހުންގެ ނިޔަފަތީގައި މާ ޖަހަނީ މަންމަ ނުވަތަ ބައްޕަ ފަރާތު އާއިލާގެ މީހުންގެ ހިތުގައި އެ މީހަކާ މެދު ނަފުރަތުގެ ޝުއޫރުތަކެއް އޮތުމުން ކަމަށެވެ. ނަމަވެސް މިފަދަ ބޯދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ކަމަށް ގަބޫލުކުރެވޭނެ ހެއްކެއް މިހާތަނަށް ފެނިފައެއް ނެތެވެ.

މިއީ ސިއްހީ ގޮތުން މާ ސީރިއަސް ނުވަތަ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް ސިލްވީނިއާގެ ޑާމަޓޮލޮޖީ ނަރުހެއް ކަމަށްވާ މޭގަން ސްލޮމްކާގެ ލިޔުމެއްގައި ވަނީ ބުނެފައެވެ.

ނިޔަފަތީގައި މާޖެހުމުގެ މައްސަލައަށް ހައްލު ހޯދަން ބޭނުންވާނަމަ ސަމާލުކަން ދިނުން މުހިއްމު ކަންތަކެއް އެބަހުރި--ފޮޓޯ/ޕިންޓްރެސްޓް

ނިޔަފަތީގައި ހުދު ލަށް ޖެހުން ނުވަތަ މާޖެހުމަށް ސިއްހީ މާހިރުން ދީފައިވާ ނަމަކީ ލޫކޮނިޗިއާއެވެ. އާއްމުކޮށް ނިޔަފަތީގައި މާޖެހުމަށް މެދުވެރިވާ ކަންކަމުގެތެރޭ ގޭގެ ދޮރެއް ނުވަތަ ކާރުގެ ދޮރު ލައްޕާއިރު ނޭނގި ނަމަވެސް ނިޔަފަތި ތާށިވުން ނުވަތަ މަސައްކަތެއް ކުރަނިކޮށް މަރުތެޔޮ އަކުން ނިޔަފަތީގައި އޮޅިގެން ޖެހުން ކަހަލަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން ބޭނުންކުރެވޭ ނެއިލް ޕޮލިޝް ރިމޫވާއެއްގެ ސަބަބުން އަންނަ އެލާޖިކް ރިއެކްޝަނެއްގެ ސަބަބުން ވެސް ނިޔަފަތީގައި މާޖަހަން މެދުވެރިއެވެ.

ހަމައެއާއެކު އާއްމުކޮށް ދިމާވާ ފަންގަލް އިންފެކްޝަން އޮނިކޮމައިކޯސިސްގެ ސަބަބުން ވެސް ނިޔަފަތީގައި މާޖަހައެވެ. ހަށިގަނޑަށް ބޭނުންވާ މުހިއްމު މިނެރަލްސް އާއި ވިޓަމިންސް މަދުވުމުން ވެސް ނިޔަފަތީގައި މާޖަހަން މެދުވެރިވާ ކަމަށް މޭގަން ސްލޮމްކާ ވަނީ ބުނެފައެވެ.

ބައެއްފަހަރު ނިޔަފަތީގައި މާޖަހާފައި ހުންނަކަން ފާހަގަ ކުރެވެނީ ނިޔަފަތަށް ލިބޭ އަނިޔާއަށް ހަތަރު ވަރަކަށް ހަފްތާ ވާފަހުންނެވެ.

ނިޔަފަތީގައި މާޖެހުން ދުރުކުރަން ބޭނުންނަމަ އެކިކަހަލަ ކެމިކަލްސްތައް ބޭނުންކޮށްގެން ކުރާ މަސައްކަތްތަކުން ނިޔަފައްޗަށް ރައްކާތެރިކަން ހޯދައިދެވިދާނެއެވެ.

ހަމައެއާއެކު އެންޓި ފަންގަލް އިންފެކްޝަނަށް ފަރުވާ ހޯދާނަމަ ގަވައިދުން އެ ފަރުވާ ފުރިހަމަ ކުރުމަށް ސަމާލުކަން ދެވިދާނެއެވެ.

ގުޅޭ ޓެގު
Redstar
comment ކޮމެންޓް

comment ފެން

1 week 15 hour ago

ރަނގަޅަށް ހަށިގަނޑަށް ބޭނުންވާވަރަށް ފެންބުއީމަ ތިޔަމަލެއް ނުޖަހާނެ މަގޭ ތަޖުރިބާ މަދުވެގެން 3 ލީޓަރު 24 ގަޑިއިރު ތެރޭބޯތި

Dhiraagu
ގުޅޭ ޚަބަރު
ގުޅޭ ޓެގު