އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި

އިމިގްރޭޝަންގެ އޮފިސަރުންތަކެއް: އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު 2އަކަށް ބަދަލުކޮށްފި --- ފޮޓޯ/އިމިގްރޭޝަން

އިމިގްރޭޝަންގެ ރަސްމީ ގަޑި ހެނދުނު އަށަކުން މެންދުރު ފަހު، ދެއަކަށް ބަދަލުކޮށްފިއެވެ.

މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑީގެ ގޮތުގައި ޚިދުމަތް ދިނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

ނަމަވެސް، މިހާރު އިމިގްރޭޝަނުން ޚިދުމަތް ދޭ ރަސްމީ ގަޑިވަނީ ސިވިލް ސާވިސްއެކޭ އެގޮތަށް ބަދަލުކޮށްފައެވެ.

އެ އިދާރާއިން މިރޭ ބުނީ، މާދަމާއިން ފެށިގެން ޚިދުމަތް ދޭ ރަސްމީ ގަޑިއަކީ ހެނދުނު 08:00 އިން މެންދުރު ފަހު 02:00 އަށް ކަމަށެވެ. އެކަމަކު، ހުރިހާ ޚިދުމަތެއް މިހާރު ވެސް ދެމުންދާ ގަޑިތަކުގައި ފޯރުކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ވަނީ މައުލޫމާތުދީފައެވެ.

އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ވިސާއާއި ޕާސްޕޯޓުގެ ޚިދުމަތް ހިމެނެއެވެ.

comment ކޮމެންޓް