"ﷲއަށް ހަމްދާއި ޝުކުރުކޮށް ކޮންމެ ދުވަހެއް ފެށުމުން ދިރިއުޅުން ކާމިޔާބުވާނެއެވެ. ތިބާއަށް ލިބިފައިވާ ނިއުމަތްތައް ގުނާ އަދަދުނުކުރެވެއެވެ."
***
އައި ކާންޓް ބިލީވް.... ކީއްވެ ކުރީން ނުބުނީ ދުވަހަކުވެސް؟." އުރުޖުވާން އަހާލިއެވެ. އޭނާ ހީކުރީ މާޒިމް އޭނާ ދެކެ ލޯބިވާން ފެށީ ހާލަތު ނިޔާ ކުރިގޮތުން ކަމުގައެވެ.
"ބައެއް ކަންތައްތަކަކީ ދުލުން ބުނާ ވަރަށް ވުރެ ހިތުގަ ބޭއްވުމުން ޚާއްސަ ވާ ކަންތައްތަކެއް....ސަމްތިންގްސް ކާންޓް ބީ ސެޑް...އިޓްސް ޖަސްޓް ފެލްޓް...." އޭނަ ގެ ނަޒަރުގައި ވީ ލޯތްބާއި ކުލުނެވެ. ދުވަހެއްގެ ކޮޅުންވެސް އެ ލޯ ކުރިމަތިން އުރުޖުވާން ގެއްލެން ނޭދެއެވެ. އުރުޖުވާންދެކެ އޭނާގެ ހިތުގައި ވާ ލޯބި ދުލުން ބަޔާންކޮށްދޭނެ ލަފުޒުތަކެއް އޭނައަކަށްވެސް ނޭގެއެވެ.
"ކޮބާ ލަސްވަނީ....."އޭނަ އުރުޖުވާންގެ މޫނަށް ފެން ތިކި ތައް ބުރުވާލިއެވެ. އެ ތެތް އިސްތަށިގަނޑުގައި ހަރުލާފައި ހުރި ފެންތައް ބުރުވާލީ އެ ހިނދުކޮޅުގެ ވެސް ނިމުން ގެންނަމުންނެވެ. އުރުޖުވާން ގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އެ ފެން ތިކިތަކާ އެކުވިއެވެ.
***
ކެންޓް އަށް ދާން އޮތް ރޭލަށް އަރަން ލަސްވެދާނެތީ ހެނދުނުގެ ނާސްތާ ކުރަންވެސް ނިންމީ ރެއިލްވޭއި ކައިރިންނެވެ. މާޒިމް ކާރުގެ ދުވެލި އަވސް ކޮށްލުމުން އުރުޖުވާން ކޮންމެ ފަހަރަކުވެސް ލޯ އަޅާލައެވެ.
" ކިހިނެއްވީ؟...ޓްރެފިކް ގަ ޖެހިއްޖެއްޔާ ދެން ރެއިލް މިސްވެދާނެތީއޭ.....ހަމަޖެހިލައިގެން މިރެލް އަށް ގުޅާލާނީ ދޯ...." އޭނަ ހީލަމުން އުރުޖުވާން އަށް ނަޒަރު ހުއްޓާލައިގެން އިނެވެ.
"އައިސް އޮން ދަ ރޮޑް މާޒް..." އުރުޖުވާން ގެ މަޑު އަތްތިލައިން އޭނަ ގެ މޫނަށް ފިތާލައި މަގަށް މޫނު އަނބުރާލިއެވެ. އޭނަ އަށް ހެވުނެވެ. އުރުޖުވާން އިނީ ވަރަށް ހާސްވެފައެވެ. ބައެއް ފަހަރު އުރުޖުވާން ހާސްކޮށްލުމަށްވެސް ކާރު ގެ ސްޕީޑް ބާރުކޮށްލައެވެ.
"އާނ.. ދެން ރުޅި....މާޒް އަށް ވަނީ މަޖަލަކަށް ދޯ...ނޮޓް ފަނީ އެޓް އޯލް..." އުރުޖުވާން ތުން ހަދާލިއެވެ.
"މި ބަސް އެހީ އޭ....އުރޫޖް ރުޅި އައީމަ އަދި ވަރަށް ކިއުޓް...."
މަންޒިލަށް އާދެވުމުން އޭނަ ކާރު ޕާކްކޮށްލާފައި ދޮރު ހުޅުވައިލަދިނެވެ. އުރުޖުވާން ނުހޭން ތުންފިއްތައިގެން ހުރި ނަމަވެސް އޭނަގެ ގޯނާއިން ލޯ ބޮޑުވެ އަޑެއް ލައްވާލެވުނެވެ.
"މާޒް....ޕްބްލިކް ޕްލޭސް އެކޭ...." އުރުޖުވާން އަނގަމަތީ އަތް އަޅަމުން ލޯ އަޅާލިއެވެ. އޭނަ ލާނެތް ހިނިތުންވުމަކާއެކު އުރުޖުވާންގެ އަތް ގެނެސް މޫނުގައި ޖައްސައިލިއެވެ.
އުރުޖުވާންއަށް ނޭވާ ލާން ނޭނގިފައި ހުރެވުނެވެ. އަދިވެސް މިހާ ލަދުގަންނަނީ ކީއްވެބާއެވެ. ފެނި ފެނި ވެސް ފަރިތަ ނުވުމަކީ އަޖައިބެކެވެ. ގާތްވެލާ ކޮންމެ ފަހަރަކު ހީވަނީ ހަށިގަނޑަށް ކަރަންޓު ޝޮކުތަކެއް ލިބޭ ހެންނެވެ.
" ތިހެން އަބަދުވެސް ލަދުން އުޅޭއްޗޭ....މައި ފެވަރިޓް...." އޭނަ އަވި އައިނު ނަގާލަމުން އެއް ލޯ މަރާލިއެވެ. އަދި އުރުޖުވާން ގެ އަނގަމަތީން އަތް ނެގިއެވެ. އުރުޖުވާން އިސް ޖަހާލަިއގެން ހުރި އިރު ރަކި ހިނިތުންވުމެއްވިއެވެ.
***
"ކޮބާ...ހުރިހާ ތަނެއްވެސް ވަރަށް ފުރިހަމަ ވާން ޖެހޭނެ....އަނެއްކާ ބޮކިތައް ބަދަލުކޮށްލަން ވީތަ؟" ނާޝިދު ހިތް އެހެން ދުވަހާއި ބަލާއިރު ތަންކޮޅެއް އަވަހެވެ. މުޅި ގެ ހީވަނީ އީދަކަށް ތައްޔާރުވަނީ ހެންނެވެ. ބޭރުން މީހުން ގެ ސާފުކުރަން އައިސް ތިއްބެވެ. އާ ފަރުނީޗަރުތައް ހުރި ބޮޑެތި ފޮށިތަކުގައި ގޭތެރެއަށް ވައްދަނީއެވެ. އެންމެނަށްވެސް ހޭލެވުނީ މި އަޑުފަށްގަނޑު ގަދަވެގންނެވެ. މަދީނާ ބޭރުން އިވޭ އަޑުތަށް ކަނޑުވާލުމަށް ކައިރީ އޮތް ބާލީސް ނަގައި މޫނު މަތީ އަޅާލިއެވެ. އެ އަޑުތައް ކަނޑުވައިލުމަށެވެ. ނަމަވެސް ބުރުމާ ބޭނުން ކުރާ އަޑު ކެނޑޭގޮތެއް ނުވިއެވެ.
" މި ދެން ކޮން ކަމެއް މިއޮތް ހެނދުނަކާ...." އޭނަ ބާލީސް ދުރަށް އެއްލާލާފައި ތެދުވުނެވެ. އެނދު ކުރިމަތީ ހުރި ލޯގަނޑުން އަމިއްލަ ނަފްސު ފެނުމުން ކުޑަކޮށް ސިހޭގޮތްވިއެވެ. ދުޅަވެފައިވާ ދެލޮލާއި ހޭވިފައިވާ އިސްތަށިގަނޑާއެކު އޭނަ ހީވަނީ އެހެން މީހެއްހެންނެވެ.
" ދެން ހާދަ ފޫއްސޭ....ވައި އޯލް ދިސް ނޮއިޒް....ހަމަޖެހިލައިގެން ނިދާލެވޭކަށްވެސް ނޯވޭ...." އޭނަ ހޭވިފައިވާ އިސްތަށިގަނޑު އަތުން ރަނގަޅުކޮށްލިއެވެ. ރޭގައި ރުއިވަރުން އޭނަގެ ހަންގަނޑުވަނީ އިތުރަށް އޮމާންވެފައެވެ. އަދި ދޮން ހަމުގެ ކުލަ މަޑު ފިޔާތޮށިކުލައަކަށް ބަދަލުވެފައެވެ.
"ދެޓް ވޯޒް އަ ގުޑް ކްރައި...އެކަމަކު މި ދެލޯ ދޯ.....އެންމެނަށް އެނގޭނެ ރޮއެފަ ކަން...ހީވަނީ ކުޅަނދުރު ކަށިޖަހާފަހެން ވިއްޔާ...." އޭނަ ލޮލަށް އަޅާ ބޭސް އެޅުމަށް ޑްރެސިން ޓޭބަލް ގެ ވަތްގަނޑު ހުޅުވަން އަތް ދިއްކޮށްލިއިރު އަތް ފެނުނެވެ. ރޭ މިރެލް ހިފާލި ތަންކޮޅު އިނީ ނޫވެފައެވެ. ކުއްލިއަކަށް އަތުން ތަދުގެ އިހުސާސްކުރެވުނެވެ. މިރެލް ގެ އަޑު ބަދަލުވެ ބުނި އަޑުވެސް އިވުނެވެ.
" އުވެއިސް...ހީ ކާންޓް ބި ޔޯސް.." އެ ޖުމްލަ ހަމަ އެ އަޑުގައި ސިކުނޑީގައި ގުގުމާލިއެވެ. އެއީ އިވޯން ގެ އަޑެވެ. އޭނާއަށް އެ އަޑު ނޯޅޭނެއެވެ. އަނެއްކާ އުވެއިސް އަކީ ވެސް މިކަމުގެ ބައިވަރި އަކީ ހެއްޔެވެ؟ ބަދަލު ހިފުމަށް ހެއްޔެވެ؟ އޭނަ ގެ ހިތަށް ބިރުވެރިކަން ވަނުމާއެކު ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މުޅިދުނިޔެވެސް އެނބުރުނެވެ. އޭނާއަށް ހުރިހާ ކަމެއްވެސް ވިސްނުނީ އެންމެ ނުބައި ކޮށެވެ. ނަމަވެސް އުވެއިސް އެފަދަ ކަމެއް ނުކުރާނެއޭ ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. އޭނަ ކަކޫމައްޗަށް ބިމަށް ތިރިވިއެވެ. އަދި ބޮލުގައި އަތް އަޅާ ބާރުކޮށްލިއެވެ. ބޭރުން އިވެމުން ދިޔަ ބުރުމާގެ އަޑުންވެސް ހިވަނީ ބޯފަޅައިގެން ހިގައި ދާނެހެންނެވެ. އެވަގުތު ދޮރު ހުޅުވާލާފައި ވަނީ މިރެލް އެވެ.
އެކުއްޖާ ދުވެފައި އައިގޮތަށް މަދީނާ ގައިގާ ބައްދާލިއެވެ. ނިކަން ލޯބިންނެވެ. ނަަމަވެސް އޭނައަށް މިރެލް ދުރުކޮށްލެވުނެވެ. ބިރުގެންފައެވެ. މިރެލްގެ ފަހަތުން ވަން މެހެކް ވެސް އަށްވެސް އެމަންޒަރު ފެނުނެވެ. މިރެލް ރޯންފެށި ގޮތުން ހީވީ ނޭވާ ވެސް ނުލާހެންނެވެ. އަޑުވެސް ކެނޑުނެވެ. މެހެކް އެކުއްޖާ މޭގައި ޖައްސާ ބާރުކޮށްލިއެވެ.
"މަދީނާ....އާ ޔޫ އިން ޔޯ ސެންސެސް...މިރެލް އަށް ކިހާ ތަދުވާނެ....ދިސް އިޒް ދަ ސެކަންޑް ޓައިމް ޔޫ ޑިޑް އިޓް..." މެހެކް ވަރަށް ވަރުން މިރެލް ހުއްޓުވަން މަސައްކަތްކުރިއެވެ. އަޑުގަދަވެގެން އެހެން އެންމެނެވެސް އެކޮޓަރިޔަށް ވަނެވެ.
"ގަސްތަކު ނުނޭ....އައި ވޯޒް..." މަދީނާ އަށް ރޮވުނެވެ. އޭނާއަށް މިރެލް ގެ ކަރުނަތައް ފެނި ހިތަށް ތަދު ވިއެވެ. އެންމެންގެ ލޯތައް ހުއްޓުނީ އޭނަ އަށެވެ. ނުރުހުމުގައެވެ. ކުށްވެރިކުރާފަދަ ބެލުމެކެވެ. ކެނާން ފިޔަވައެވެ. ކެނާން ބޭނުންވީ އޭނަ އާއި ވާހަކަ ދައްކާލުމަށެވެ. އެންމެން ގާތު ވަގުތުކޮޅަކަށް ކޮޓަރިން ނިކުމެލަން ބުނެފައި ކެނާން ދޮރު ލެއްޕިއެވެ.
" މަށެށް ނުދާނަން.....ހޫން...ވަރަށް ނުލަފާ މަންޖެ އެކޭ މިއި....ބަލާލަ އަހަރުމެންގެ ލޯބި މިރެލް އަށް ހަދާލި ގޮތެއް...މަ ދުށީމޭ ހަމަ ޖެހީ. ދެތިން ހަތަރު ބޮނޑި އެޅި......" ނަބީލާ ހަދަހަދައިގެން ވާހަކަދެއްކިއެވެ.ނާޝިދުވެސް ރުޅީގައި މަދީނާ ގެ ގައިގާ ޖަހަން އަތް މަޅާފައިވެސް ނަބިލާ ގެ ހިނިގަނޑަށް އަތް މައިތިރިކުރިއެވެ.
"ބައްޕާ. ޕްލީސް...އެންމެން ނިކުމެބަލަ...." ކެނާން ބާރަށް ބުނެލިއެވެ. މަދީނާ އިނީ ބިންމަތި އިށީދެގެން ރޮއިރޮއި ހަލާކުވާވަރުވެފައެވެ.. އޭނާގެ އިހުސާސްތައް ދަންނާނެ އެކަކުވެސް ނެތެވެ. ކިޔައިދޭން އެކަކުވެސް ނެތެވެ.
"މީހަކާއި އިންނަން ތައްޔާރުވާ އިރުވެސް މަދީނާ ބޮޑެއް ނުވޭ.....ޕްލީޒް ޕުޓް ސަމް ސެންސް އިންޓު ހާ...މިގޭ ތެރޭ ކަމެއް ނުހިނގާ އެންމެ ދުވަހެއްވެސް ނުދެއޭ..." ނާޝިދު ބާރަށް ބުނެލަމުން ނަބީލާ އަތު ހިފާ ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނިކުތެވެ. ހުޝަލް އާއި މެހެކް މިރެލް ރުއްސަން މަސައްކަތް ކުރިޔަސް ހުއްޓައެއްނުލިއެވެ.
" އެ ގުޅަނީ މާޒް....ފޯނު ނަގަންވީތަ؟" މެހެކް ސުވާލުކުރިއެވެ. ޚުޝަލް ބުނީ އަދި މަޑުކޮށްލުމަށެވެ. މަދީނާ ބަލާލީ ކެނާން އަށެވެ.
" އަސްލުވެސް މިރެލްއަށް އަނިޔާ ކުރާކަށް ނޫން....އައި ޑިޑްންޓް ނޯ އިޓް ވާޒް ހާ...." މަދީނާ ހަގީގަތް ބުނަން މަސައްކަތްކުރިއެވެ.
" އައި ނޯ..." ކެނާން ގަބުލުކުރިއެވެ. އަދި ވީލްޗެއާ މަދީނާ އާއި ކައިރި ކޮށްލަމުން އޭނަގެ ބޮލުގައި ފިރުމާލަދިނެވެ.
" ޓެލް މީ...ވަޓްސް ބޮދަރިންގ ޔޫ....ނުބުނާތި އެއވެސް ކަމެއް ނުވެއޭ....އައި ހޭވް ބީން ނޯޓިސިންގ..." ކެނާން އަހާލިއެވެ. އޭނަ ބޯ ހޫރާލިއެވެ. އިސް އުފުލައިފިއްޔާ ކެނާން އަށް އޭނާގެ ސިއްރުތައް އެނގިދާނެއެވެ.
" ޖަސްޓް ވެޑިންގ ސްޓްރެސް...." މަދީނާ ލޯ ފޮހެލިއެވެ. ކެނާންއަށް ހެވުމުން އޭނަވެސް ހީލިއެވެ.
" ކުޑަބެ އަކަށް ނޭނގޭނެ....ކުޑަބެ ނޫޅޭ ވިއްޔާ މިހަކާ މެރީ ކުރާކަށް...ދިސް އިޒް ސޯ ސްޓްރެސްފުލް..." މަދީނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
" ތި ދެން ހާސް ޥާ ކަހަލަ ކަމެއް ނޫނެއްނު....ލޯބިވާ މީހާކާ އަމުދުން ކައިވެނި ކުރަން އެއްވެސް ހާހެއް ނުވާނެ...އިފް އައި ކުޑް އައި ވުޑް ގެޓް މެރީޑް އިން އަސެކަންޑް...ތި ހުރިހާ ހާސަރު ތަކެއް ނޯންނާނެ...ވަލީ ލިބުނީ އެ ނިމުނީ..." ކެނާން މަޖާވެލިއެވެ. ބޭނުންވީ އޭނަ ހެއްވާލުމަށެވެ. އޭނަ ކެނާންއަށް ބަލައިލިއެވެ. ހަމްދަރުދީގެ ނަޒަރެކެވެ.
" ވިލް ޔޫ އެވާ ބި އޭބަލް ޓު ލަވް ސަމްވަން އެލްސް؟" މަދީނާ އަހާލިއެވެ. އަނެއްކާވެސް އެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ޖުމްލަ އިވުމުން ކެނާން ފިނިވިއެވެ. ބަސްހުއްޓިފައި ގަނޑުވިއެވެ. ހީވީ އޭނާގެ ހުރިހާ ސިއްރެއް ފަޅާއެރީހެންނެވެ. ވަގުތުން ވީލްޗެއާ ދުއްވާލެވުނެވެ. ކޮޓަރީގެ ކުޑަދޮރާއި ދިމާއަށެވެ.
" ކީއްވެ ޖަވާބެއް ނުދިނީ؟އައި ނޯ....މޭއިބީ އެވްރިވަން ނޯސް..." އޭނަ ބުނެލިއެވެ.
" ހަގީގަތުގަވެސް މަދީނާ ތިހިރީ ކޮންމެވެސް ކަމެއްވެފަ....ތި އޮޅުން ބޮޅުން މޮޔަ ވާހަކަ ނުދައްކާ ހިނގާބަލަ ރީތިވެގެން ދާން ބޭރަށް...ޔޫ ނީޑް ޓު ޑްރައިވް މީ ސަމްވެއާ..." ކެނާން އެހެން ދިމާލަކަށް ވާހަކަ ގެންދިޔައެވެ.
" ވާހަކަ އޮޅުވާލަން ހަމަ އެއްވަނަ....ބޭރަށޭ..މިއޮތް ފިނީގަ...އެހެން ނޫނަސް ކިހިނެއް ދެން އެއްވެސް މީހަކާ ކުރިމަތިލާނީ...އެންމެން ތިބޭނީ މިހާރު ރުޅިން....މިރެލް" މަދީނާ އަށް އަނެއްކާ ރޮވޭގޮތްވިއެވެ.
" ދެން ތި ޑްރާމާ ނުޖައްސާ ހިނގާބަލަ....މީހާ ވެސް ހީވަނީ ހަންޑިގަނޑުވަރު ދޮންކަމަނަ ހެން ވިއްޔާ....ލުކިން ސޯ އަގްލީ....މީކާ އަށް މި ސިފަ ފެނިއްޖެއްޔާ ދެން ނިމުނީ..." ކެނާން ސަމާސާކޮށްލިއެވެ.
"އެއްވެސް މަޖަލެއް ނޫން..." އޭނާއަށް ވެސް ހެވުނެވެ.
ކެނާން ހައިރާން ކަމާއެކު ކުޑަ ދޮރުން ފެންނަ މަންޒަރު ބަލާލިއެވެ.
" ސީރިއަސްލީ...." ކެނާން އަށް ބުނެވުނެވެ.
"އޯހޯ....ލޭލާ ހަމަ މުސްލިމް ވީ ދޯ....ކުޑަބެ އަށްޓަކާ ޖާނުވެސް ދޭނެ....." އޭނަ ޖެއްސުން ކޮށްލިއެވެ. ނަމަވެސް ކެނާންގެ މޫނު މަތީގައިވި ފޫހި ކަމެވެ.
***
މާޒިމްއާއި އުރުޖުވާން ރޭލަށް އަރައި ހަމަޖެހިލިއެވެ. ރޭލުގެ ވެސް އެންމެ ފެންވަރު ރަނަގޅު ސީޓުތަކެވެ. ހީވަނީ ބިޒްނަސް ކްލާސް ފްލައިޓަކަށް އަރާލެވުނި ހެންނެވެ. މާޒިމް މެންނަށް ވަކިން ކެބިނެޓް އެކެވެ. އެތާ ދޮރު ވެސް ލައްޕާލެވޭހެންނެވެ.
"ވަރަށް ސަޅި ދޯ...ޗައިލްޑް ފްރެންޑްލީ ޓޫ..." އުރުޖުވާން ފޯނު ނެގީ މިރެލް ގެ މަތިން ހަނދާން ވާވަރުންނެވެ.
" ހަމަޖެހިލަބަ އުރޫޖް...މިރެލް އަށް ގުޅިދާނެ ނޫން...ޗިލް..." މާޒިމް އެވަގުތު ކެމެރާ ނަގާ ފޮޓޯއެއް ނަގާލިއެވެ. އުރުޖުވާން ކަޅި އަޅައިލިއެވެ.
" ދެން މާޒް...ވަރަށް ހަޑި ފޮޓޯއެއް...ޑިލީޓް...ވަގުތުން ޑިލީޓް..." އުރުޖުވާން ބޮޑާހޭކިއެވެ. އޭނަަ އަށް ވީ މަޖަލަކށެވެ. ރެއިލްގެ އެޓެންޑެންޓެއް ކަރުކަހާލައި ދޮރުގައި ޓަކި ޖަހާލިއެވެ.
"އިޒް އެވްރީތިންގ އޯކޭ މިސް...." އޭނާގެ އަޑުގައި ހަރުކަށިކަމެއްވެސް ވިއެވެ. އުރުޖުވާން ބިރުން ލޯ ބޮޑުވެފައި މާޒިމް އަށް ބަލާލިއެވެ.
" އޯ ހެލޯ ޑޮކްޓަރ މާޒް...ޔޫ އާ ދަ ޑޮކް ރައިޓް....މައި މޯމް ޓޯކްސް އެބައުޓް ޔު އޯފެން..." މާޒިމް ކާކުކަން ކުއްލިއަކަށް އެނގުމުން މޫނަށް ވެރިވި ހައިރާންކަމާއެކު ރާގު ބަދަލުވެ އިހުތިރާމްކުރާގޮތަކަށް ވާހަކަދެއްކިއެވެ.
" ދިސް އިޒް މައި ބިއުޓިފުލް ވައިފް....ސޮރީ ފޯ ދަ ނޮއިޒް...ވީ ވާ ޖަސްޓް ހޭވިން ސަމް ފަން..." އޭނަ ބުނެލިއެވެ. އުރުޖުވާން އަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ. މާޒިމްއަކީ މިހުންނަށް ހާދަ ހިތްހެޔޮ މީހެކެވެ. ބައެއް ފަހަރު އާއިލާ މީހުންނަށް މާޒިމް ގެ އެ ސިފަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އޭނާ ދެރަވިއެވެ.
"ކިހިނެއްވި މޫޑު އޮފްވެފަ؟ޖެލަސް؟އެއީ މޯ ދޭން 50 އަހަރުގެ މީހެއްކަންނޭނގެ...އުރޫޖް ވެސް ދޯ..." މާޒިމް ސީރިޔަސް ވެލިއެވެ.
އުރުޖުވާން އަށް ހޭން ފެށުނު ގޮތަށް ހުއްޓަންވެސް އުނދަގޫވިއެވެ.
ނުނިމޭ